އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/11/2019

ރައީސް ސޯލިހް "ނާރސިން ނައު" ކެމްޕެއިން އިފްތިތާހް ކޮށްދެއްވައިފި

ނާރސިން ނައު ކެމްޕެއިން އަކީ ޖުމްލަ 5 ލަނޑުދަނޑިއެއް މައްޗަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަ ކެމްޕެއިނަކަމަށް ވާއިރު، މި ކެމްޕެއިންގެ ފުރަތަމަ ވޯކްޝޮޕްގައި އެކަނިވެސް 54 ނަރުހުން ބައިވެރިވާނޭ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/11/2019

WHO Nursing Now Maldives Nursing and Midwifery council
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވޯލްޑް ހެލްތް އޮގްނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއި މޯލްޑިވްސް ނާރސިން އެންޑް މިޑްވައިފަރީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނާރސިން ނައު ކެމްޕެއިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިފްތިތާހް ކޮށްދެއްވައިފި އެވެ.

ނަރުހުން ބާރުވެރި ކުރުމަށްޓަކައި ކުރިއަށް ގެންދާ މި ކެމްޕެއިން އިފްތިތާހް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި މިހާރު މަސައްކަތްކުރާ ގާތްގަނޑަކަށް 3300 ނަރުހުންގެ ތެރެއިން 56 އިންސައްތަ ނަރުހުންނަކީ ބިދޭސީން ކަމަށެވެ. 

އަދި މިހާރު ރާއްޖޭގެ އާބާދީ އާއި އަޅާބަލާއިރު މިއީ ވަރަށް މަދު އަދަދެއް ކަމަށާއ، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އިތރު ނަރުހުން ބޭނުންވާނޭ ކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާއަށް ކުރިމަތިވާ ގިނަ ގޮންޖެހުންތަކުގެ ހަގީގީ ސަބަބަކީ ސިއްހީ ހިދުމަތްތައް މާލެއަށް އަމާޒުކޮށްފައި އޮތުން ކަމަށެވެ. އަދި މި ސަރުކާރުގެ އެކްޝަން ޕްލޭންގައި ވާގޮތަށް ގޭގެއަށް ޒިޔާރަތްކޮށް ހެލްތް ޗެކަޕް ހަދައިދީ، ހޭލުންތެރިކުރުވާނޭ ވިލި ސއްހީ ހިދުމަތްތެރިން ތަމްރީނުވުމުން މި ގޮންޖެހުންތަކުގެ ވަރަށް ބޮޑު ބައެއް ހައްލުވެގެން ދާނޭ ކަމަށެވެ.

ނާރސިން ނައު ކެމްޕެއިން އަކީ ޖުމްލަ 5 ލަނޑުދަނޑިއެއް މައްޗަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަ ކެމްޕެއިނަކަމަށް ވާއިރު، މި ކެމްޕެއިންގެ ފުރަތަމަ ވޯކްޝޮޕްގައި އެކަނިވެސް 54 ނަރުހުން ބައިވެރިވާނޭ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ