އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/11/2019

ހެޕަޓައިޓިސް ބީގެ ބޭސް މިހާރު އާސަންދައިގެ ދަށުން ލިބޭނެ

ހެޕަޓައިޓިސް އަކީ ފުރަމޭ އަށް ޖެހޭ ބައްޔެކެވެ. މި ބަލީގެ މައިގަނޑު ފަސް ބާވަތެއް ހުރި ނަމަވެސް، އެންމެ އާންމުކޮށް ފެންނަނީ ހެޕަޓައިޓިސް ބީ އާއި ސީ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/11/2019

IGMH HPA Hepatitis B STO Aasandha
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހެޕަޓައިޓިސް ބީއަށް ބޭނުންވާ ބޭސް މިހާރު އައިޖީއެމް ހޮސްޕިޓަލްގައި ހުންނަ އެސްޓީއޯ ފާމަސީން ލިބެން އެބަހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ހެޕަޓައިޓިސް ބީއަށް ބޭނުންވާ މި ބޭހަކީ އާސަންދައިން ކަވަރ ކޮށްދީފައިވާ ބޭހެއް ކަމުން އެއްވެސް އަގަކާއި ނުލައި މި ބޭސް އައިޖީއެމްއެޗް އެސްޓީއޯ ފާމަސީން މިހާރު ލިބޭނެކަމެވެ.

މީގެ އިތުރުން މި ބޭސް ނަގަންދާއިރު، ފިޒިޝަނެއް ދީފައިވާ ބޭސް ސިޓީއެއް ގެންދިއުމަށް އެޗްޕީއޭ އިން ވަނީ އާއްމުންގެ ކިބައިން އެދިފައެވެ.

ހެޕަޓައިޓިސް އަކީ ފުރަމޭ އަށް ޖެހޭ ބައްޔެކެވެ. މި ބަލީގެ މައިގަނޑު ފަސް ބާވަތެއް ހުރި ނަމަވެސް، އެންމެ އާންމުކޮށް ފެންނަނީ ހެޕަޓައިޓިސް ބީ އާއި ސީ އެވެ. މިއީ މައިމީހާ ގާތުން ތުއްތު ކުއްޖާ އަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހިފައި ހުރި މީހަކު ބޭނުންކޮށްފައި ހުރި ސިރިންޖު ފަދަ ތަކެތި ބޭނުންކުރުމުންނާއި ހުރަސް ބޭނުންނުކޮށް ބަލި ޖެހިފައި ހުންނަ މީހުންނާ އެކު ޖިންސީ ގުޅުން ހިންގުމުން ވެސް މި ބަލި ފެތުރެ އެވެ.

ހެޕަޓައިޓިސް ބީގެ ބޭސް މިހާރު އާސަންދައިގެ ދަށުން ލިބެން ހުރިއިރު ފާއިތުވި އޮކްޓޯބަރު މަހު އެޗްޕީއޭއިން ވަނީ ހެޕަޓައިޓިސް ބަލި ރާއްޖެއިން ނައްތާލަން ގައުމީ އެކްޝަން ޕްލޭނެއް ނެރެފައެވެ. އަދި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ 2025 އަންނަން ވާ އިރަށް މި ބަލި ރާއްޖެއިން ނައްތާލަން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 2030 ގެ ކުރިން ދުނިޔެއިން ހެޕަޓަޓައިޓިސް ބީ ނައްތާލުމަށްޓަކައި 6 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އިއުލާނުކޮށްފައި ވެއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ