އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/07/2020

ރާއްޖެއިން ރުބެއްލާ އާއި ހިމަބިހި ނައްތާލެވިއްޖެކަމަށް ކަނޑައަޅައިފި

ރާއްޖެއިން މި ދެބަލި ނައްތާލެވިފައިވާކަން އިއުލާންކޮށްފައިވަނީ 2023 ޑަބްލިޔުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ރީޖަނަލް ވެރިފިކޭޝަން ކޮމިޝަން ފޯ މީސެލްސް އެންޑް ރުބެއްލާ އެލިމިނޭޝަނުން ބޭއްވި އޮންލައިން ބައްދަލުވުމެއްގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/07/2020

Measles WHO Rubella
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއަކީ ރުބެއްލާ އާއި ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

މިއަދު އެކަން ޔަގީންކޮށްދީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓްގައި ވަނީ ރާއްޖެއިން ރުބެއްލާ އާއި ހިމަބިހި ނައްތާލެވިފައިވާކަން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާންކޮށްފައިވާކަމަށް ބުނެފަ އެވެ.

ރާއްޖެއިން މި ދެބަލި ނައްތާލެވިފައިވާކަން އިއުލާންކޮށްފައިވަނީ 2023 ޑަބްލިޔުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ރީޖަނަލް ވެރިފިކޭޝަން ކޮމިޝަން ފޯ މީސެލްސް އެންޑް ރުބެއްލާ އެލިމިނޭޝަނުން ބޭއްވި އޮންލައިން ބައްދަލުވުމެއްގަ އެވެ.

ޖުމްލަ 11 އެޕިޑެމިއޮލޮޖީ އާއި ވައިރޮލޮޖީ އާއި އާންމު ސިއްހަތާއި ބެހޭ މާހިރުން ހިމެނޭ މި ކޮމިޝަނުން މި ދެބަލި ނައްތާލެވިފައިވާކަން އިއުލާންކޮށްފައި މިވަނީ އެ ގައުމެއްގެ މުޖުތަމައު ތެރޭގައި ބަލި އުޅޭތޯ ރަނގަޅަށް މޮނިޓާކޮށް، ބަލި އާއްމުކޮށް ނުފެތުރޭތާ ތިން އަހަރު ވުމުންނެވެ.

ރާއްޖެއާއި ލަންކާއިން ހިމަބިހި ނައްތާލެވުނުކަން އިއުލާންކޮށް މަރުހަބާ ދަންނަވަމުން ޑަބްލިޔުއެޗްއޯ ސައުތު އޭޝިޔާ ރީޖަންގެ ރީޖަނަލް ޑިރެކްޓަރ ހެތްރަޕަލް ސިންހް ވިދާޅުވީ އެންމެންގެ ސިއްހަތާއި އާބާދީގެ ދުޅަހެޔޮ ކަމަށްޓަކައި މި ނުރައްކާތެރި ބަލިތަކުން ހުރިހާ ކުޑަކުދިން ރައްކާތެރި ކުރުމަކީ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ މިނިންމުމާއި ގުޅިގެން ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވެފައިވަނީ، މީގެން ދޭހަވަނީ މުޖުތަމައުގައި އާއްމު ސިއްހަތުގެ ދައުރު ބޮޑުކަމެވެ. އަދި ވަކިން ހާއްސަކޮށް ވެކްސިން ދިނުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން 2018 ވަނަ އަހަރު ހިމަބިހި ނައްތާލެވުނު ފަހުން އަނެއްކާވެސް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ހިމަބިހީގެ ކޭސްތަކެއް ފެނިފައެވެ. އެހެންނަމަވެސް އޭގެފަހުން ހިމަބިހީގެ ކޭސްއެއް ނުފެނި ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

އެންމެފަހުން ރާއްޖެއިން ރުބެއްލާގެ ކޭސްއެއް ފެނިފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެފަހުން މިހާތަނަށް އަދި ރުބެއްލާގެ އެއްވެސް ކޭސްއެއް ރާޢްޖެއިން ފެނިފައެއް ނުވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ