ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދެ ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް (މެޑިކަލް ގުރޭޑް އެއަރ ކޮންޑިޝަން) ހަރުކޮށް ނިންމާލައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ބުނެފައިވާ ގޮތުގައި ފުރެޝް އެއަރ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ނިންމާފައިވަނީ ގުރީން ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްގެންނެވެ. އަދި މި ސިސްޓަމްތައް ހަރުކޮށްފައިވަނީ ކޭ.އާރު.އެޗްގެ އެމަރޖެންސީ ވާރޑާއި ޖެނެރަލް ވާރޑްގައިކަމަށް ވެސް ބުނެފައިވެއެވެ.
"ދެ ވާރޑެއްގައި ފްރެޝް އެއަރ ސިސްޓަމް ހަރު ކުރެވިގެން މި ދިޔަ ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އަދި ގައިނީ ވާރޑް އަކީ ކުރިއަށް އޮތް ތަނުގައި އީ.އާރު ގެ ގޮތަށް ތަރައްޤީ ކުރަން ނިންމާފައިވާ ވާރޑް ކަމުގައި ވާތީ އެ ވާރޑްގައި ފްރެޝް އެއަރ ސިސްޓަމް ހަރުކުރެވިގެން މި ދިޔައީ" އަހްމަދު ދާއޫދު (މެނޭޖަރ ހެލްތު ސަރވިސަސް) ވިދާޅުވިއެވެ.
ކޭ. އާރްއެޗްގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވިގޮތުގައި އެހޮސްޕިޓަލުގެ ވާރޑްތަކުގައި ފުރެޝް އެއަރ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ލަސްވުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން އަހުމަދު ވިދާޅުވީ ހޮސްޕިޓަލް ވާރޑްތަކުގައި އެނދު މަދުވުމުން މަސައްކަތް ކުރުމަށް ވާރޑްތައް ހުހެއް ނުކުރެވުނު ކަމަށެވެ.
"ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ. އަޅުގަނޑުމެންގެ ވާރޑްތަކުގައި އެނދު މަދުވުމުން މަސައްކަތް ކުރުމަށް ވާރޑްތައް ހުހެއް ނުކުރެވުނު. އަދި ސީލިންގގެ މަރާމާތުތައް ވެސް ކުރުމަށް އެބަ ބޭނުންވޭ. މި މަސައްކަތް ކުރިއަށް ދިޔައިރު ބަލިމީހުންނާއި އަޅުގަނޑުމެންގެ މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައި. އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން"
ކޭ.އާރް.އެޗްގެ ވާރޑްތަކަކީ އާއްމުގޮތެއްގައިވެސް ހޫނުގަދަ ތަނެއް ކަމަށްވެސް ހޮސްފިޓަލުން ވަނީ ފާހަގަ ކޮށްފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)