އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 17/01/2020

ރާއްޖޭގެ ތިން ވަނަ އަންހެން އޮޕަރޭޝަން ޑޮކްޓަރު ކުޅުދުއްފުށީ ހޮސްޕިޓަލަށް

މިހާރު އެ ހޮސްޕިޓަލްގައި ޖުމްލަ ތިން އޮޕަރޭޝަން ޑޮކްޓަރުން މަސައްކަތް ކުރައްވާނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 17/01/2020

Kulhudhuffushi Regional Hospital Dr Althaf Adnan Ismail Surgeon
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގެ ތިން ވަނަ އަންހެން އޮޕަރޭޝަން ޑޮކްޓަރ، ޑރ. އަލްތާފް އަދުނާން އިސްމާއިލް ދާއިމީކޮށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަން ފައްޓަވައިފި އެވެ.

ޑރ. އަލްތާފް ކުޅުދުއްފުށީ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަން ފެއްޓެވުމާއެކު، މިހާރު އެ ހޮސްޕިޓަލްގައި ޖުމްލަ ތިން އޮޕަރޭޝަން ޑޮކްޓަރުން މަސައްކަތް ކުރައްވާނެއެވެ. އޭގެތެރެއިން ދެ ޑޮކްޓަރުންނަކީ މިސްރަށް ނިސްބަތްވާ ޑޮކްޓަރުންނެވެ.

ރާއްޖޭގައި މިހާރު ހުންނެވި ތިންވަނަ އަންހެން އޮޕަރޭޝަން ޑޮކްޓަރު، ޑރ. އަލްތާފް ވަނީ އިންޑިޔާގެ ބާތީ ވިދްޔަޕީތް މެޑިކަލް ކޮލެޖުން އެމް.ބީ.ބީ.އެސް ހާސިލްކުރައްވާ، ނޭޕާލުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް މެޑިސިން އިން އެމް.އެސް ހާސިލްކުރައްވާފަ އެވެ. 

ނޭޕާލުން އެމް.އެސް ހާސިލްކުރެއްވުމަށްފަހު ޑރ. އަލްތާފް ހިދުމަތްދެއްވާ ފުރަތަމަ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. އަދި މި ހޮސްޕިޓަލް އިހްތިޔާރުކުރެއްވީ ކައިރި 3 އަތޮޅެއްގެ ރައްޔިތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯއްދަވާތީވެ، ގިނަ ބަޔަކަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކަމަށް ޑރ. އަލްތާފް ވަނީ ވިދާޅުވެފަ އެވެ.

"މިކޮޅުގެ މެނޭޖެމަންޓް ސައިޑުން ވަރަށް ސަޕޯޓިވް. އެހެންވެ އެކަމާ ވަރަށް ހިތްހަމަޖެހޭ. ވަރަށް ޕޮޒިޓިވް މެނޭޖްމަންޓެއް މިއީ" ކުޅުއްދުއްފުށީ ހޮސްޕިޓަލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. އަލްތާފް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ މި ސަރުކާރުގެ އެކްޝަން ޕްލޭން ދަށުން ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ނިންމާފައިވާ އެއް ހޮސްޕިޓަލެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލުން ދާދި ފަހުން ވަނީ އެތެރެހަށީގެ ދިވެހި ޑޮކްޓަރެއް ކަމަށްވާ ޑރ. ނަޒީފުވެސް ބަލިމީހުން ބައްލަވަން ފައްޓަވާފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިސްރުގެ އިތުރުން އިންޑިޔާ، ބަނގުލަދޭޝް، ޕާކިސްތާނު އަދި ފަލަސްތީނުގެ ޑޮކްޓަރެއްވެސް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ