އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 17/12/2019

ވެކްސިންއަށް އިތުރު ސަމާލުކަމެއް ދޭން ހެލްތް މިނިސްޓަރ ގޮވާލައްވައިފި

ކޮންމެ ދެ އަހަރަކުން އެއް އަހަރު އޯ.އައި.ސީގައި މި ބައްދަލުވުން ބާއްވަމުން އަންނައިރު، މިއީ މި ބައްދަލުވުން ބާއްވަމުން އަންނަތާ 7 ވަނަ އަހަރެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 17/12/2019

Abdulla Ameen
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވެކްސިންއަށް އިތުރު ސަމާލުކަމެއް ދޭން އަބޫދާބީގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެމްބަރު ޤައުމުތަކުގެ ހެލްތް މިނިސްޓަރުންގެ 7 ވަނަ ބައްދަލުވުމުގައި ގޮވާލައްވައިފި އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ އޯއަސީއިން ބަލިތަކަށް ރައްކާތެރިވުމަށް ދޭ ވެކްސިން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

އަދި މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ އެ ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އަންނަން ހުރި ގޮންޖެހުންތަކަށް ހިޔާލުފާޅުކުރުމަށްވެސް އެދިފައެވެ. އެގޮތުން ރާއްޖެ ފަދަ ކުދި އަދި ވަސީލަތްތައް މަދު ޤައުމުތަކަށް ވެކްސިން ލިބުމަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. އަދި ވަސީލަތްތައް ޤާއިމްވެފައި ހުރި ބޮޑެތި ޤައުމުތަކުން އެކުގައި ނުވަތަ ވަކިވަކިން ވިޔަސް ސައިންސްގެ ރޮނގުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރ ވަނީ އެދިލައްވާފަ އެވެ.

މިމަހުގެ 15 އިން 17އަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ގައިންގަޔަށް އަރާ ބަލިތަކާއި ގުޅޭގޮތުން ރާއްޖެއިން ހޯދާފައިވާ ބައެއް ކާމިޔާބީތައް ފާހަގަކޮށްފައެވެ. އެގޮތުން ޓެކްސް ބޮޑުކުރުމާއި އެކު ހަށިގަނޑަށް ގެއްލުންލިބޭ ކާނާ އަދި ބުއިންތަކުގެ ޕްރޮމޯޝަން އަދި އިޝްތިހާރު ކުރުން ކޮންޓްރޯލް ކުރުމުގެ އިތުރުން ދުންފަތުގެ ބާވަތްތައް ވިއްކާއިރު ފޮށީގެ ބޭރުގެ 90 އިންސައްތައިގައި ސިއްހީ އިންޒާރުގެ ފޮޓޯޖެހުން ވަނީ ފާހަގަކުރައްވާފަ އެވެ.

 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ