އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/12/2019

އިންޑިޔާ ސަރުކާރުން ހުޅުމާލޭގައި ކެންސަރުގެ ފަރުވާއަށް ޙާއްސަ ހޮސްޕިޓަލެއް އަޅަނީ

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ހުޅުމާލޭގައި އެ ޤައުމުގެ ސަރުކާރުގެ ފަރާތުން ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ޤާއިމްކުރުމަށް ނިންމާފައި ވާކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/12/2019

India Cancer
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންޑިޔާ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އިއްޔެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދެމެދު ޓެލެކޮންފަރެންސް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގައި މޯދީ ވިދާޅުވީ ހުޅުމާލޭގައި އެ ޤައުމުގެ ސަރުކާރުގެ ފަރާތުން ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ޤާއިމްކުރުމަށް ނިންމާފައި ވާކަމަށެވެ. މީގެއިތުރުން މޯދީ ވަނީ ފާއިތުވި އެއް އަހަރުތެރޭގައި ރާއްޖެއާއި އިންޑިޔާގެ ގުޅުން އިތުރަށް ހަރުދަނާވެފައި ވާކަންވެސް ފާހަގަކުރައްވާފަ އެވެ.

މީގެކުރިން އިންޑިޔާގެ ފަރާތުން ރާއްޖެއަށް އައްޔަންކޮށްފައިވާ ސަފީރު ސަންޖޭ ސުދީރު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައިވެސް ވަނީ މި އިންޑިޔާއިން ރައްޖޭގައި މި ހޮސްޕިޓަލް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަތޭކަ އެނދުގެ މި ހޮސްޕިޓަލް ޤާއިމްކުރާނީ ހުޅުމާލޭގައި ކަމަށް ސުދީރު ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން މި ހޮސްޕިޓަލް ތަރައްޤީކުރާނީ ލައިފް އޮން ސްކީމްގެ ދަށުން ކަމަށްވެސް ސުދީރު ވަނީ ވިދާޅުވެފަ އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު ވަނީ 4 އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެ ހަތަރު އެއްބަސްވުމުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ 3 ސަރަހައްދެއްގައި ގޭދޮށު މަސްޕްލާންޓް ޤާއިމްކުރުމާއި، ރުޕޭކާޑް ރާއްޖެއަށް ތައާރަފް ކުރުމާއި، މާލޭގެ މަގުބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ އިތުރުން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑުއުޅަނދު ރަސްމީކޮށް ހަވާލުކުރުމުގެ އެއްބަސްވުމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ