އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/04/2020

ލޭގެ އަދި ފުއްޕާމޭގެ ކެންސަރު ބަލީގެ މީހުންނަށް ކޯވިޑް-19ގެ ނުރައްކާ ތިން ގުނައަށް ބޮޑު: ދިރާސާ

ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19ގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ކެންސަރު ބަލީގެ މީހުން ހިމެނޭކަމަށް މީގެކުރިންވެސް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/04/2020

Cancer Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބައެއް ވައްތަރުގެ ކެންސަރު ޖެހިފައިތިބޭ މީހުންނަށް ކޯވޑް-19ގެ ސަބަބުން އޮތް ނުރައްކާ ތިން ގުނައަށް ބޮޑުކަމަށް އަލަށް ޝާއިއުކުރި ދިރާސާއެއްގައި ބުނެފި އެވެ.

ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19ގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ކެންސަރު ބަލީގެ މީހުން ހިމެނޭކަމަށް މީގެކުރިންވެސް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެމެރިކާގެ ކެންސަރ ރިސާރޗްސް ވާޗުއަލް އެނުއަލް މީޓިންގައި ރިލީސްކުރި މި ދިރާސާގައި ވާގޮތުން ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ލޭގެ ކެންސަރާއި، ފުއްޕާމޭގެ ކެންސަރު ހުންނަ މީހުންނަށް ކޯވިޑް-19 ޖެހިއްޖެނަމަ ފުރާނައަށް ގެއްލުން ލިބުމުގެ ފުރުސަތު ތިންގުނައަށް އިތުރުވާކަމަށް ވަނީ ބުނެފަ އެވެ.

އަންގާރަ ދުވަހު ޝާއިއުކުރި މި ދިރާސާ ހެދުމަށްޓަކައި، ދިރާސާ ޓީމުން ވަނީ ޗައިނާގެ މެދުގައި އޮންނަ ހުބޭއީ އަވަށުގެ 14 ހޮސްޕިޓަލެއް ހިމަނާފަ އެވެ. ހުބޭއީ އަވަށަކީ ކޮރޯނާވައިރަހުގެ އެންމެ ފުރަތަމަ ކޭސް ފެނުނު އަވަށެވެ.

މި ދިރާސާގައި ވަނީ މި ހޮސްޕިޓަލްތަކުން 105 ކެންސަރު ބަލީގެ މީހުންނާއި އަދި 536 ކެންސަރު ބަލި ނުޖެހޭ މީހުން ހިމަނާފަ އެވެ. މި އެންމެންނަކީ ވެސް އެއް އުމުރާފުރާއެއްގެ މީހުންނެވެ. އަދި އެންމެންނަކީވެސް ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން ކޯވިޑް-19 ޖެހިފައި ތިބި މީހުންނެވެ.

މި ދިރާސާ ލިޔުމުގައި އެންމެ އިސްކޮށް އުޅުނު ޗައިނާ، ސިންގަޕޫރު އަދި އެމެރިކާގެ ތަޖުރިބާކާރުން ވަނީ ކޯވިޑް-19 ޖެހޭ އާދައިގެ މީހުންނާއި އަޅާބަލާއިރު،ކެންސަރު ބަލީގެ މީހުންނަށް ކޯވިޑް-19ގެ ސަބަބުން މަރަށް ހުށަހެޅުމުގެ ފުރުސަތު ތިން ގުނައަށް ބޮޑުކަމަށް ބުނެފަ އެވެ. އަދި ކެންސަރު ބަލީގެ މީހުންނަށް ކޯވިޑް-19 ޖެހިއްޖެނަމަ ކަނޑައަޅާނީވެސް ބަލީގެ ނުރައްކާ ބޮޑެތި މީހުންގެ ގޮތުގައި ކަމަށްވަނީ ބުނެފަ އެވެ. އަދި މިމީހުންނަށް ފަރުވާދޭނީ ވެސް އިންޓެންސިވް ކެއާ ޔުނިޓުގައ ކަމަށާއި އަދި ވަގުތުން އެމީހުން ވެންޓިލޭޓަރަށް ލާން ޖެހިދާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް، ކެންސަރު ބަލީގެ މީހުންގެ ރިސްކް ފެކްޓާރސްގެ ގޮތުގައި ހިމަނާފައިވަނީ އުމުރެއް ނޫނެވެ. އޭގެ ބަދަލުގައި ވަކި ވައްތަރެއްގެ ކެންސަރުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އިތުރުކަމަށް ރިސްކް ފެކްޓާރސްގައި ވަނީ ބުނެފަ އެވެ.

"މި ދިރާސާއިން މިދައްކައި ދެނީ މިހާރު އޮތް ކޯވިޑް-19 އައުޓްބްރޭކްގައިވެސް ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެންމެބޮޑަށް އޮތީ ކެންސަރު ބަލީގެ މީހުންނަށް ކަން" މި ދިރާސާގެ ލިޔުންތެރިން ނިންމާލަމުން ބުނެފައި ވެއެވެ.

ކޯވިޑް-19ގައި ކެންސަރު ބަލީގެ މީހުންނަކީ އެންމެ ބޮޑު ނުރައްކާ އޮތް މީހުންގެ ގޮތުގައި ކަނޑައަޅާފައިވާ ސަބަބަކީ ކެންސަރުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެ، ތަފާތު އިންފެކްޝަންތައް ހަށިގަނޑުގައި އަށަގަތުމުގެ ފުރުސަތު އިތުރުވުންކަމަށް ދިރާސާގެ ލިޔުންތެރިންނާއި އަދި ތަޖުރިބާކާރުން ބުނެފައި ވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ