އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/03/2020

ކޯވިޑް-19: މިއީ ކެންސަރު ޕޭޝަންޓުންނަށް ކޮންމެހެން އެނގުން މުހިއްމު ކަންތައް

ބޮޑެތި ބަލިތަކުގެ ތެރޭގައި ހިމެނޭ ކެންސަރަކީ އޭގެ ސަބަބުން ބޮޑު ތަކްލީފެއް އުފުލަންޖެހޭ ބައްޔަކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/03/2020

Cancer Coronavirus COVID-19 Cancer Society of Maldives
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން ރާއްޖެވެސް މިހާރު އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހާއްސަކޮށް ކޯވިޑް-19ގެ ނުރައްކާ ބޮޑު އެއްބަޔަކީ ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް ވީހިނދު ރާއްޖޭގައި މިފަދަ ބަލިތައް ތަހައްމަލްކުރާމީހުން ގިނަވުމަކީ މި ބައްޔާއިމެދު ގިނަމީހުން ކަންބޮޑުވާ އެއްކަމެކެވެ.

އެގޮތުން ބޮޑެތި ބަލިތަކުގެ ތެރޭގައި ހިމެނޭ ކެންސަރަކީ އޭގެ ސަބަބުން ބޮޑު ތަކްލީފެއް އުފުލަންޖެހޭ ބައްޔަކެވެ. އެހެންކަމުން ކެންސަރު ތަހައްމަލްކުރަމުންދާ މީހަކަށް ކޯވިޑް-19 ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުތަނުން އިތުރުވާކަމަށް ސިއްހީ މާހިރުންވެސް ބުނެއެވެ.

ކެންސަރުގެ ފަރުވާ މިހާރު ލިބިގަންނަމުންދާ މީހަކަށް ނުވަތަ ކުރިން ބަލިޖެހި ރަނގަޅުވެފައިވާ މީހަކަށް ކޯވިޑް-19 ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އިތުރުވެއެވެ. ސަބަބަކީ ކެންސަރުގެ ސަބަބުން އެމީހުންގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާނެތީއެވެ.

ހުރިހާ ކެންސަރު ޕޭޝަންޓުންނަށް ވެސް ނުރައްކާ އޮންނާނޭތަ؟

ކޯވިޑް-19ގެ ނުރައްކާ އޮތީ ހަމައެކަނި މިހާރު ކެންސަރުގެ ފަރުވާ ހޯދަމުންދާ ޕޭޝަންޓުންނަށްތޯ ނުވަތަ ހުރިހާ ކެންސަރުގެ ޕޭޝަންޓުންނަށްތޯ މިއީވެސް އުފެދިދާނެ ސުވާލެކެވެ.

އެގޮތުން ކެންސަރުޖެހިފައިވާ މީހުންގެ ތެރެއިންވެސް ފުރާނައަށް ބޮޑަށް ނުރައްކާވެދާނެ ތިން ބާވަތެއްގެ މީހުންވެއެވެ. އެއީ:

• ލޭގެ ކެންސަރުޖެހިފައި ތިބި މީހުން
• ކެންސަރަށް މިހާރު (ސާޖަރީ، ރޭޑިއޭޝަން، ކީމޯތެރަޕީ، އިމިއުނޯތެރަޕީސް) ފަދަ ފަރުވާ ހޯދަމުންދާ ޕޭޝަންޓުން
• ބޯންމެރޯ ޓްރާންސްޕްލާންޓް ޕޭޝަންޓުން
• ކެންސަރަށް މިހާރު ފަރުވާ ނުކުރާމީހުން ވަކިން ބޮޑަށް ސަމާލުވާންޖެހޭ

އެންމެނަށްވެސް މިބަލިން ރައްކާތެތރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ގިނަ ގިނަ އަތް ދޮވުން

ކެންސަރުބަލި ތަހައްމަލްކުރަމުންދާ މީހުންނަށްވެސް ކޮވިޑް-19އިން ރައްކާތެރިވުމަށް ކުރެވިދާނެކަންކަން ސިއްހީ މާހިރުންވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:

• ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނިޓައިޒާރއިން އަތް ސާފުކުރުން
• އަނގަޔާއި ލޯ އަދި ނޭފަތުގެ އަތްނުލުން
• މީހުންނާއި ގާތްވެނޫޅުން
• ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ނުވަތަ އުޅަނބޮށިން އަނގަމަތި ނިވާކުރުން
• އާއްމުކޮށް އަތްލެވޭ ތަންތަން ސާފުކުރުން
• ބަލިވެއުޅޭނަމަ ގެއިންބޭރަށް ނުދިއުމެވެ.

ކެންސަރު ބަލި ތަހައްމަލްކުރަމުންދާ މީހުންގެ ދިފާއީ ނިޒާމު އާއްމުމީހުންގެ ދިފާއީ ނިޒާމަށްވުރެ ބަލިކަށިވާނެއެވެ. އެހެންކަމުން މިފަދަ މީހުން، އެމީހުންގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި މަސައްކަތްކުރެވިދާނެއެވެ.

ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ކުރެވިދާނެކަންކަމަކީ:

• ގަޑިގަޑިއަށް ނިދުން
• ކަސްރަތުކުރުން
• ދުޅަހެޔޮ ކާނާ ބޭނުންކުރުން
• ވެކްސިންތައް ފުރިހަމަކުރުން (ހާއްސަކޮށް ފްލޫ ވެކްސިން)
• ދުންފަތުގެ އިސްތިއުމާލުކުރުމާއި އަދި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކާއި ދުރުވުން
• އަދި ލޭމައްޗަށް ދިއުން، ފުއްޕާމޭގެ ބަލިތައް އަދި ހަކުރުބަލި ފަދަ ބައްޔެއް ހަށިގަނދުގައި ނެތްކަން ޔަގީންކުރުން
• ސްޓްރެސްނުވުން

މިދުވަސްވަރު ކެންސަރު ޕޭޝަންޓުން އަދި ބަލިން ރަނގަޅުވެފައި ތިބިމީހުންވެސް އާއްމުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް ސަމާލުވާންޖެހޭނެއެވެ.

އޭގެތެރޭގައި ބަސް އަދި ފެރީފަދަ އެއްޗެހިން ދަތުރުނުކުރުންވެސް ހިމެނެއެވެ. އަދި މިފަދަ އުޅަނދަކުން ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި މީހުންނާއި ދުރުގައި ވަކިން އިނދެވޭތޯ ބަލަންވާނެއެވެ. 

އަދި މިފަދަ މީހުން މި ދުވަސްވަރު ގެއިން ބޭރުން ކާއެއްޗެހި ކެއުމުގެ ބަދަލުގައި ގޭގައި ދުޅަހެޔޮ ކެއުމެއް ތައްޔަރުކޮށްލައިގެން ކެވިދާނެއެވެ. އަދި އިތުރު ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިންބޭރަށް ނުދިއުމަށް ފަރުވާތެރިވާންޖެހޭނެއެވެ.

ކެންސަރު ބަލި ޖެހިފައިވާ މީހެއްގެ ގާތްމީހެއްގެ ހަށިގަނޑުން ކޯވިޑް-19ގެ އަލާމާތެއް ފެނިއްޖެނަމަ ބުއްދިވެރިގޮތަކީ އެމީހަކާއި ވީހާވެސް ދުރުގައި އުޅުމެވެ. އެގޮތުން ސާފުތާހިރުކަމަށް ބޮޑަށް ސަމާލުވެ އެމީހަކާ ވަކިން ކޮޓަރިއެއްގައި އުޅެވިދާނެއެވެ.  އަދި އެންމެ މުހިންމުކަމަކަށް ފަރުވާ ލިބިގަންނަ ސެންޓަރަށް އެފަދަ ބަލިމީހެއް ނުގެންދިއުމަކީ އެންމެ ރަނގަޅުގޮތެވެ.


މިލިޔުމަށް މައުލޫމާތު ނެގިފައިވަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ލިޔުންތަކުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ