އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 12/10/2019

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުގެ ޚިދުމަތް ފަށައިފ

އިއްޔެ ރަސްމީކޮށް ހުޅުވިގެންދިޔަ ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުން 64،000 މީހުނަށް މިޚިދުމަތް ލިބިގެން ދާނެއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 12/10/2019

Kulhudhuffushi Regional Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިކަމަށްޓަކައި ހދ.ކުޅުދުއްފުށީ ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވާހަކަ ފުޅު ދައްކަވަނީ. ފޮޓޯ: ހެލްތު މިނިސްޓްރީ

މި ކާޑިއެކް ސެންޓަރުން ހުރިހާ ނަން-އިންވޭސިވް ކާޑިއެކް ޓެސްޓްތައް (އެކޯ ކާޑިއޯގްރާމް، ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑަރ މޮނީޓަރިން) ހެދިގެންދާނެއެވެ. 

ވޭތުވެދިޔަ 1 އަހަރު ތެރޭގައި ސީޓިއާއި ކާޑިއޯ ޓެސްޓް ހެދުމަށް އިމަޖެންސީކޮށް 74 ބަލިމީހުން ރެފަރ ކުރެވިފައިވެއެވެ. އެގޮތުން ރެފަރ ކުރެވުނު ގިނަ މީހުންނަކީ ޗާޓަރ ފްލައިޓް ނުވަތަ ޝެޑިއުލްޑް ފްލައިޓްސް އިން ރެފަރ ކުރެވިފައިވާ ބަލިމީހުންނެވެ. އަދި މިގޮތަށް ރެފަރ ކުރާއިރު، ޗާޓަރ ފްލައިޓް އިން ރެފަރ ކުރާނަމަ ރެފަރ ކުރެވޭ ކޮންމެ ބަލިމީހަކަށް 125،600 ރުފިޔާ ޚަރަދު ކުރެވެއެވެ. އަދި ޝެޑިއުލްޑް ފްލައިޓް އިން ރެފަރ ކުރާނަމަ 14،966 ރުފިޔާ ޚަރަދު ކުރެވެއެވެ. މީގެއިތުރުން ރެފަރ ކުރެވޭ ބަލިމީހާއާއި އާއިލާގެ އަތުން އެތަކެއް ޚަރަދުތަކެއް (ހުރުމާއި ކެއުން ފަދަ) ކުރަންޖެހެއެވެ. މި ޚިދުމަތްތަކުގެ ސަބަބުން ރެފަރަލް ތަކަށް ކުރެވޭ ޚަރަދު ވަރަށް ބޮޑުތަން ދަށްވެގެންދާނެއެވެ. 

އެވްރެޖްކޮށް 305 ބަލިމީހުން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދައެވެ. އަދި ހޮނިހިރު ދުވަހު އެވެރެޖްކޮށް 650 މީހުން ޚިދުމަތް ހޯދައެވެ. ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތްހޯދުމަށް ހދ، ހއ އަދި ށ އަތޮޅުން އާދެއެވެ. ހދ ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު 28 ޑޮކްޓަރުން، 78 ނަރުހުން އަދި 16 އެހެނިހެން މެޑިކަލް ޕްރެކްޓިޝަނުން ފަރުވާދެމުންއާދެއެވެ.

އިއްޔެ ރަސްމީކޮށް ހުޅުވިގެންދިޔަ ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުން 64،000 މީހުނަށް މިޚިދުމަތް ލިބިގެން ދާނެއެވެ. ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހިދުމަތް ފެށުނު ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރަކީ ސަރުކާރުން ތަރައްޤީ ކުރުމަށް ނިންމާފައިވާ 5 ހޮސްޕިޓަލް ގެ މަސްރޫއުގެ ދަށުން ހިމެނޭކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ