އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 01/11/2020

ކޮރޯނާވައިރަސް ގޭތެރޭގައި މާހަލުވިކަމާއެކު ފެތުރޭ - ސީޑީސީ

ސީޑީސީ އިން މިހެން ބުނެފައިވަނީ އެޖަމިއްޔާ އިން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ފަހުއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 01/11/2020

Research CDC
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެއް ގެއެއްގައި ދިރިއުޅޭ މެމްބަރުންގެ ތެރޭގައި ކޮވިޑް-19 ފެތުރުން މާ ގާތްކަމަށާއި، މިގޮތަށް ވައިރަސް ހަލުވިކަމާއެކު ފެތުރޭ ކަމަށް އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.

ސީޑީސީ އިން މިހެން ބުނެފައިވަނީ އެޖަމިއްޔާ އިން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ފަހުއެވެ. މިދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުން، ބައްޔަށް ޝައްކުވާ މީހެއް ނަމަ ނުވަތަ ބައްޔަށް ހުށަހެޅިފައި ހުރި މީހެއްނަމަ ވަގުތުން އެކަހެރި ކުރުމަކީ މުހިއްމު ކަމެކެވެ.

"ކޮވިޑް-19 އަށް ޝައްކުވާ މީހުން އަވަހަށް އެކަހެރި ކުރެވިއްޖެ ނަމަ ގޭގެ އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެއެވެ. މިފަދަ މީހުން ގޭގައި އެކަހެރިވެ، ވަކި ކޮޓަރިއަކާއި ފާހާނާއެއް ބޭނުންކުރެވޭނަމަ ބޭނުންކުރަންވާނެއެވެ" ސީޑީސީ ގެ ދިރާސާވެރިން ބުނެފައިވެއެވެ.

މީގެ އިތުރުން ގޭގައި ދިރިއުޅޭ އެންމެންވެސް ސިޓިންގް ރޫމް އަދި ބަދިގެ ފަދަ ތަންތަނުގައި މާސްކް އަޅައިގެން އުޅުމަށް ސީޑީސީ އިން ބާރު އަޅައެވެ.

މިދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި 101 މީހަކު ހިމަނައިގެންނެވެ. އަދި މިމީހުންނާއެކު ދިރިއުޅުނު 191 ފަރާތެއްވެސް މިދިރާސާގައި ހިމަނައިފައިވެއެވެ.

ކޮވިޑް-19 ވަނީ ހަލުވިކަމާއެކު ފެތުރިފައެވެ. ބައްޔަށް ޕޮޒިޓިވްވި މީހަކާއެކު ދިރިއުޅުނު މީހުންގެ ތެރެއިން 53 އިންސައްތަ މީހުންނަށް ހަފްތާއެއް ތެރޭގައި ބަލި ޖެހުނެވެ. އަދި މީގެ ތެރެއިން 75 އިންސައްތަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާގެ ފަރާތުން އަލާމާތްތައް ފާޅުވީތާ 5 ދުވަސް ތެރޭގައެވެ.

މިއަދަދަކީ މީގެ ކުރިން ދިރާސާތަކުން ލިބިފައިވާ އަދަދަށް ވުރެ މާ މަތީ އަދަދެކެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކުން ދައްކަނީ މިގޮތަށް ބަލި ފެތުރެނީ 20-30 އިންސައްތަ މީހުންނަށް ކަމަށެވެ.

ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމެއްގައި ވަކި ކޮޓަރިއެއްގައި އެކަހެރިވެ ހުުރުމަކީ ދަތިކަމަކަށް ވެދާނެއެވެ. ގޭގައި ބަލީގެ ނުރައްކާ ބޮޑު މީހެއް ހުރިނަމަ އެހެން މީހުންނާއި ދުރުން ގެންގުޅެވިދާނެއެވެ. އަދި ކުޑަ ކުއްޖަކަށް އަޅާލަން ޖެހިއްޖެނަމަ ބޮޑު މީހަކު އެކުއްޖާއާއި ހަވާލުވެވިދާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ