އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/12/2020

ސީޑީސީއިން ކަރަންޓީނު މުއްދަތު 10-7 ދުވަހާއި ދެމެދަށް ކުރުކޮށްލުމަށް ލަފާދީފި

މީގެކުރިން ސީޑީސީގެ ގައިޑްލައިންގައި ވާގޮތުން ކޮވިޑަށް ހުށަހެޅިފައިވާ މީހުން މަދުވެގެން 14 ދުވަހު ކަރަންޓީނުވާން ޖެހެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/12/2020

Coronavirus COVID-19 CDC
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާގައި ހުންނަ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ކޮވިޑު ޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަށް ފަހު ކަރަންޓީނު ވާންޖެހޭ މުއްދަތު 10-7 އާއި ދެމެދަށް ކުރުކޮށްފި އެވެ.

މީގެކުރިން ސީޑީސީގެ ގައިޑްލައިންގައި ވާގޮތުން ކޮވިޑަށް ހުށަހެޅިފައިވާ މީހުން މަދުވެގެން 14 ދުވަހު ކަރަންޓީނުވާން ޖެހެއެވެ.

ސީޑީސީގެ ގައިޑްލައިނަށް އަލަށް ގެނައި ބަދަލާއެކު ދެން ކޮވިޑް ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަލާމާތްތައް ފެނޭތޯ 10 ދުވަހު ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި އަލާމާތެއް ނުފެންނަ ނަމަ 7 ދުވަސްވުމުން ކޮވިޑް ޓެސްޓް ހަދާ ނަތީޖާ ނެގަޓިވް ވުމުން ވެއްޖެނަމަ 10 ދުވަހާއި ހަތް ދުވަހާއި ދެމެދު ކަރަންޓީނު ނިންމާލެވިދާނެ އެވެ.

ސީޑީސީގެ ކޮވިޑް-19 އިންސިޑެންޓް މެނޭޖަރ ޑރ. ހެންރީ ވޯކީ ވިދާޅުވިގޮތުގައި އެ ސެންޓަރުން މިފަދައިން ނިންމީ ދާދިފަހުން ހެދި ދިރާސާ އަކަށް ބިނާކޮށެވެ.

“ކަރަންޓީނުގެ މުއްދަތު ކުރު ކުރުމުން މީހުންނަށް އާމްދަނީ ހޯެދުން އަދި އެ ނޫން ގޮތްގޮތުން ވެސް މިހާރު ހުރި ބައެއް ދަތިތަކުން މިންޖުވެވޭނެ” ވޯކީ ވިދާޅުވެފައި ވެއެވެ.

ހަމައެހެންމެ 14 ދުވަހަށް ކަރަންޓީނު ވާންޖެހުމުން ބައެއް މީހުން ވަޒީފާގެ ޕްރެޝަރާއި ހެދި ކަރަންޓީނުގެ ގަވާއިދާ ހިލާފަށް ނުކުމެ އުޅޭކަމަށް ވޯކީ ވަނީ ވިދާޅުވެފަ އެވެ. އަދި އެގޮތަށް ނުކުތުމަށްވުރެ ކަރަންޓީނުގެ މުއްދަތު ކުރުކޮށް، ވައިރަސް ހަށިގަނޑުގައި ނެތްކަން ޔަގީންކޮށްފައި ބޭރަށް ނުކުތުމުން ނަތީޖާވެސް މާ ރަނގަޅުކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް، ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރު ކުރުމުން ވައިރަސް ފެތުރުމުގެ ރިސްކް 1 ޕަސެންޓަށް އިތުރުވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި ނެގަޓިވް ޓެސްޓް ނަތީޖާ އާއެކު ހަތް ދުވަހަށް މި މުއްދަތު ކުރު ކުރުމުން ވައިރަސް ފެތުރުމުގެ ރިސްކް 5 ޕަސެންޓަށް އިތުރުވެއެވެ.

އެހެންކަމުން ވައިރަހުން ރައްކާތެރިވުމަށް އަދިވެސް އެންމެ މޮޅު އިތުރުގޮތަކީ 14 ދުވަހުގެ ކަރަންޓީނުކަމަށް ވޯކީ ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ