އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/07/2020

ޔުނިސެފުން ރާއްޖެއަށް ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ ތަކެތި ހަދިޔާކޮށްފި

ޔުނިސެފުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ޕާސަނަލް ޕްރޮޓެކްޓްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި ސެނިޓައިޒާ އާއި ސައިބޯނި ހިމެނެ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/07/2020

UNICEF
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޔުނިސެފް އިން ރާއްޖެ އަށް ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ގިނަ ތަކެތި ހަދިޔާކޮށްފި އެވެ.

ރާއްޖެ އިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވެ ދިނުމުގެ ގޮތުން ޔުނިސެފުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ޕާސަނަލް ޕްރޮޓެކްޓްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި ސެނިޓައިޒާ އާއި ސައިބޯނި ހިމެނެ އެވެ.

ޔުނިސެފްގެ ފަރާތުން ތަކެތި ހަދިޔާ ކޮށްދެއްވާފައިވަނީ ޔުނިސެފުން ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެ އަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. މުނީރު އަލް ސަފީލްދީން އެވެ. އަދި ތަކެއްޗާ ރާއްޖޭގެ ފަރާތުން ހަވާލުވީ މިނިސްޓަރު އަބްދުﷲ އަމީނެވެ. ޔުނިސެފުން ހަދިޔާކުރި މި ތަކެތީގެ އަގު 6.5 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މިއަދު ލިބުނު ޕީޕީއީތަކާ އެކު އަތޮޅުތެރޭގައި ކޮވިޑާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވިގެން ދާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ވަީ ސިއްހީގޮތުން މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކަކާއި އަދި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ އެހީ ލިބިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ