އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 06/08/2020

އެމެރިކާ އާއި ޔުނިސެފުން ރާއްޖެއަށް 11.5 މިލިއަން ރުފިޔާގެ އެހީދީފި

ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. މުނީރު އޭ ސަފީލްދީން ވަނީ މިއީ މިފަދަ އެހީއަކަށް ރާއްޖެއިން އެންމެ ބޭނުންވެފައިވާ ދަނޑިވަޅުގައި ލިބުނުއެހީ އެއްކަމަށް ވިދާޅުވެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 06/08/2020

COVID-19 UNICEF USAID
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާ އާއި އދ.ގެ ކުޑަކުދިންގެ ހައްގުތަކާބެހޭ ޖަމިއްޔާ ޔުނިސެފް ގުޅިގެން ރާއްޖެއަށް 750،000 އެމެރިކާ ޑޮލަރު (11.5 މިލިއަން ރުފިޔާގެ) އެހީއެއް އިއްޔެ ދީފި އެވެ.

ޔުނިސެފް މޯލްޑިވްސް އިން ބުނީ އެ މިއެހީ ބޭނުން ކުރާނީ ކޮވިޑް-19 ގެ ހާލަތުގައި ސްކޫލުތަކާއި އާންމު ތަންތަން ރައްކާތެރިކަމާއެކު ބޭނުން ކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ. މި އެހީއަކީ ޔުނެއިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) މެދުވެރިކޮށް ދިން އެހީއެކެވެ. މި އެހީ ބޭނުންކުރާނީ ޔުނިސެފާއި ދިވެހި ސަރުކާރު ގުޅިގެންނެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އެލައިނާ ޓެޕްލީޒް ވިދާޅުވީ ކޮވިޑާ ގުޅިގެން ނޭދެވޭ އަސަރުކޮށްފައިވާ ގިނަ ގައުމުތަކަކަށް އެ ގައުމުން ދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ދިން އެހީ ބޭނުން ކުރަން ކަނޑައަޅާފައި ވަނީ އިޖުތިމާއީ ގުޅުމާއި ސްކޫލްތައް އަލުން ހުޅުވާ އިރު ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

އޭގެ ތެރޭގައި ސާފު ފެނާއި ސާފުތާހިރުވާން ބޭނުންވާ ސާމާނު ފޯރުކޮށްދިނުން ހިމެނެ އެވެ. މި ކަންތައްތައް ކުރިއަށް ގެންދާނީ ޔުނިސެފާއި ދިވެހި ސަރުކާރުން ގުޅިގެންނެވެ.

ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. މުނީރު އޭ ސަފީލްދީން ވަނީ ޔޫއެސްއެއިޑް އިން ރާއްޖެއިން ދިން އެހީއަށް ޝުކުރު އަދާ ކުރައްވައިފައެވެ. މިއީ މިފަދަ އެހީއަކަށް ރާއްޖެއިން އެންމެ ބޭނުންވެފައިވާ ދަނޑިވަޅުގައި ލިބުނުއެހީ އެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އިގެ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން، މާލެ ސަރަހައްދުގެ ސްކޫލްތައް މިދިޔަ މާޗު މަހު ބަންދު ކުރި އެވެ. ލުއިތަކަކާ އެކު ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް މިދިޔަ މަހު ހުޅުވުމަށް ފަހު، ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވާން ފެށުމުން މާލެ ސަރަހައްދުގެ ސްކޫލްތައް އަނެއްކާ ވެސް ވަނީ ކުރިއަށް އޮތް ދެ ހަފްތާއަށް ބަންދުކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ