ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ އައިޖީއެމް ހޮސްޕިޓަލަކީ އެތައް ބައެއްގެ އުއްމީދުތަކަކާއި ގުޅިލާމެހިފައިވާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާއި އެއްވަރަށް ތަނުގެ ހިދުމަތްތައްވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.
އެހެންނަމަވެސް ރަނގަޅު ހިދުމަތަކުންވެސް ފެންނަ ކުދި ކުދި އައިބުތަކުގެ ވާހަކަދައްކާ ދިވެހިންވެސް މަދެއް ނޫނެވެ. މިފަހަރު މިއީ އައިބެއްގެ ވާހަކައެއް ނޫނެވެ. މިއީ މޮޅެތި އެތައް ޑޮކްޓަރުންނެއްވެސް އަމަލުކުރާ ގޮތެކެވެ.
އައިޖީއެމްއެޗްގައި އިންނަވާ އާންމުބަލިތަކުގެ ޑޮކްޓަރަކު ބޭސްދެނީ ގޫގަލް ކޮށްގެން ކަމަށްބުނެ ބުރާސްފަތި ދުވަހު ދިވެއްސަކު ވަނީ ޓްވީޓްކޮށްފަ އެވެ. މި ޓްވީޓާއެކު ގިނަ ދިވެހި ޑޮކްޓަރުންތަކެއްގެ ކެކި އުތުރެމުންދާ އިހްސާސްތައް ވަނީ ބަންޑުން ކޮށްލާފަ އެވެ. އެއްޗެއް ޔަގީންނުވާ ހާލަތެއްގައި އެނގޭ ފަރާތެއް މެދުވެތިކޮށް އެހީ ހޯދުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ މިފަދަ ކަންކަން ބޮޑުކުރާ މީހުންގެ ވިސްނުން ހަނި ކަމުންނެވެ.
Even i search sometimes, while the patient is watching. Even i tell that i am seaching cause i want to know for sure the information is correct. Or cause the disease is so rare. In developed countries, its a must to recheck before prescribing. #bullying
— Dr. Mohamed Ali (@Moxamedalu) February 20, 2020
ޑޮކްޓަރަށް ދައްކަން ކޮޓަރިއަށް ވަންނައިރު ކުރިމަތީގައިވެސް އިނީ އިންސާނެއްކަން، ރޮބަޓެއް ނޫންކަން ޤަބޫލުކުރާނަމަ ހަމަގައިމުވެސް މިހާ ނާތަހުޒީބީ ވިސްނުމެއް ނުގެންގުޅޭނޭކަން ޔަގީނެވެ.
މުޅި އައިޖީއެމްއެޗްގައި ވެސް އިނީ އެންމެ ޑޮކްޓަރެއް ކަމަށްބުނެ ޑޮކްޓަރުގެ ފޮޓޯ އާއިއެކު އާއްމުކުރި ޓްވީޓަށް ރާއްޖޭގެ ގިނަ ޑޮކްޓަރުންތަކެއް ރައްދުދީފަ އެވެ. ޢެގެތެރޭގައި އައިޖީއެމްއެޗްގެ ސީނިއަރ ޑޮކްޓަރުންތަކެއްގެ އިތުރުން އޭޑީކޭގައި އިންނަވާ ޑރ. އަބްދުﷲ ނިޔާފް ވެސް ވަނީ ރައްދު ދެއްވާފަ އެވެ.
ޑރ. ނިޔާފް ވިދާޅުވިގޮތުގައި ހުދު އެބޭފުޅާ އަމިއްލައަށްވެސް ބައެއްފަހަރު ބަލިމީހުންނަށް ބޭސްދޭއިރު ޑޯޒް ޔަގީންކުރަން ގޫގަލް ކުރާކަމަށެވެ. އަދި އިތުރަށް ޔަގީންކުރުމަށް ގޫގަލްގެ އެހީ ހޯދުމުގައި މައްސަލައެއް ނޯންނާނެކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
It is sickening to see civil servants and clinical practitioners abused to fire political shots like this.
— Abdulla Niyaf (@niyaf) February 20, 2020
What was said could have been said without referring to the staff or using that particular picture.
މީގެއިތުރުން ބައެއް ޑޮކްޓަރުން ވަނީ ސަރުކާރު ދެކެ އަންނަ ރުޅި ރާއްޖޭގެ ސިއްހީ ނިޒާމަށް ބޭލުމަކީ ވަރަށްވެސް ދަށުދަރަޖައިގެ ކަމެއްގެ ގޮތުގައި ބައެއް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)