އައިޖީއެމްއެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން އިއްޔެ މި ފުރުސަތު ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށައެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ28 އާއި ހަމައަށް ހުޅުވާލެވިފައި އޮންނާނެއެވެ. އަދި ފޯމު ހުށައެޅުމުިގެ ސުންގަޑިއަކީ، އެ ދުވަހުގެ 23:59 އާއި ހަމައަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމު އައިޖީއެމްއެޗްގެ ވެބްސައިޓް (www.igmh.gov.mv) ލިބޭނެއެވެ.
އައިޖީއެމްއެޗުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މެޑިކަލް އިންޓާރންޝިޕް ހެދުމުގެ ފުރުސަތު 11 ޖަނަވަރީ 2018 އިން ފެށިގެން އެ ހޮސްޕިޓަލްގައި ރަސްމީކޮށް ފެށިފައިވާ ކަމަށާއި، އަދި އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ 20 ފަރާތަކަށް ކަމަށް ބުނެފައި ވެއެވެ.
އިންޓާރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވާރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ “ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން” ސެޓްފިކެޓް އޮތުން ހިމެނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށައަޅާއިރު، މި ސެޓްފިކެޓްތަކުގެ ކޮޕީއާއި، އައިޑީ ކާޑު ކޮޕީ، ޕާސްޕޯޓު ސައިޒް ފޮޓޯ، އަދި ޕޮލިސް ކްލިއަރެންސް ކޮޕީ އެއް ހުށައަޅަން ޖެހޭނެއެވެ. މި ތަކެތި ހުށައަޅާނީ، މެޑިކަލް އިންޓަރންޝިޕް ސެކްރެޓޭރިއެޓް އޮފީހުގެ މެއިލް medicalinternship@igmh.gov.mv އަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)