އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން އިއްޔެއާއި ހަމަޔަށް ދެ ލައްކައަށްވުރެ ގިނަ ޕީސީއާރް ޓެސްޓް ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެގޮތުން އައިޖީއެމްއެޗުން އިއްޔެ ކުރި ޓްވީޓްގައި ވާގޮތުން އެ ހޮސްޕިޓަލުން އިއްޔެ އާއި ހަމަޔަށް ހެދި ޕީސީއާރް ޓެސްޓްގެ އަދަދު 203،450އަށް އަރައެވެ. މިއީ ފާއިތުވި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެ ހޮސްޕިޓަލުން ހަދާފައިވާ ޕީސީއާރް ޓެސްޓެވެ.
IGMH laboratory surpasses 200,000 PCR test milestone . A total of 203450 samples has been tested and reported.
— IGMH (@igmhmv) January 17, 2021
ރާއްޖޭގައި މި ދޭތެރެއިން ކޮވިޑް-19 ކޭސްތައް މަދުވި ނަމަވެސް، މިފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަނީ ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ވަނީ 51 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އެޗްޕީއޭގެ ކޮންމެ ދުވަހެއްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ނަމަ މިހާރު ޕޮޒިޓިވްވާ ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުންނާއި ރަށްރަށުން ޕޮޒިޓިވްވާ މީހުންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)