
ކޮވިޑް-19 އާއި ގުޅިގެން މެދުކެނޑިފައިވާ ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ހަދާ ލެބޯޓްރީ ޓެސްޓްތައް މިހާރު ހެދޭނެކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން އަލުން މިފަދަ ޓެސްޓްތައް ހެދުމުގެ ހިދުމަތް ފަށާފައިވަނީ މިއަދު އެވެ. އަދި ރާއްޖެއިން ބޭރުން ހަދަންޖެހޭ ޓެސްޓްތަކާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި، އެ ހޮސްޕިޓަލުގެ ލެބޯޓަރީ މެޑިސިން ޑިޕާޓްމަންޓްގެ ނަންބަރު 3335122 އަށް ގުޅުމަށް އައިޖީއެމްއެޗުން ވަނީ އެދިފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން އައިޖީއެމްއެޗުން ދެމުން ގެންދާ ގިނަ ހިދުމަތްތަކަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ހޮސްޕިޓަލަށް ގޮސްގެން ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް ހޮސްޕިޓަލުން މީގެ ކުރިން ވަނީ އެދިފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)