
ސަރުކާރުގެ މައި ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ޕެރެމެޑިކް އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކޮށްފި އެވެ.
އެމަރޖެންސީ ހާލަތްތަކުގައި އެމްބިއުލާންސްގެ އެެތެރޭގައި ބަލި މީހާއަށް އަވަސް ފަރުވާ ދޭ ގޮތަށް ފަރުމާކޮށްފައިވާ 3 ޕެރަމެޑިކް އެމްބިއުލާންސް އާއި އެކަމުގެ ތަޖުރިބާ ލިބިފައި ތިބި 12 މުވައްޒަފުންނާއެކު އެވެ.
ޕެރެމެޑިކް އެމްބިއުލާންސްގެ ހިދުމަތާއެކު ދެން އައިޖީއެމްއެޗްގެ އެމްބިއުލާންސް ނަމްބަރަށް ޖަވާބުދޭން ތިބޭނީ ވެސް ޕެރެމެޑިކް ސްޓާފުންނެވެ.
މިއީ އައިޖީއެމްއެޗްގައި ކުއްލި ހާލަތުގައި ފަރުވާދޭ ޕެރެމެޑިކް އެމްބިއުލާންސްގެ ހިދުމަތް ފެށި ފުރަތަމަ ފަހަރެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)