މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމްގެ ހަތަރުވަނަ ބެޗް އައިޖީއެމްއެޗްގައި ފަށައިފި
އެއިޖީއެމްއެޗްގައި ހިންގާ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމްގެ ހަތަރުވަނަ ބެޗް ފަށައިފިއެވެ.
އެގޮތުން 19 ދަރިވަރުންނާއެކު މިޕްރޮގްރާމްގެ އޮރިއެންޓޭޝަން އަދި މައުލޫމާތު ދިނުމުގެ ސެޝަންތައްވަނީ 5 ޖެނުއަރީ އިން ފެށިގެން 7 ޖެނުއަރީ 2020 ގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ހިންގާފައެވެ. އަދި އަމަލީ މަސައްކަތް 11 ޖެނުއަރީގައި ފަށާނެކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.
Orientation Program for 2020 batch of Medical Interns started on 5th January 2020 at IGMH. This program will continue till 7th January 2020. pic.twitter.com/MqOMOOX4HK
— IGMH (@igmhmv) January 6, 2020
އިންޓާރންޝިޕް ޕްރޮގްރާމްއަކީ އެމްބީބީއެސް ނުވަތަ އެމްޑީ ޑިގްރީ ނިންމުމާއެކު ޑޮކްޓަރެއްގެ ލައިސަންސް ލިބުމުގެ ކުރިން ތަޖުރިބާ ހޯދުމުގެ ގޮތުން ހޮސްޕިޓަލެއްގައި މަސައްކަތްކުރަން ލިބޭ ވަގުތުކޮޅެވެ. އައިޖީއެމްއެޗްގައި މިޕްރޮގްރާމް ފެށުމުގެ ކުރިން ދިވެހި ޑޮކްޓަރުން އިންޓާރންޝިޕް ނިންމާފައިވަނީ ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުންނެވެ.
އައިޖީއެމްއެޗް އިން ނެރުނު ނޫސް ބަޔާނެއްގައި އެހޮސްޕިޓަލުން ބުނީ މިޕްރޮގްރާމް އަކީ އެއް އަހަރުދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ޕްރޮގްރާމެއްކަމެވެ. އަދި ކާމިޔާބުކަމާއި އެކީ މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް މެޑިކަލް ޕްރެކްޓިސްކުރުމުގެ ލައިސަންސް ލިބޭނެކަމަށް އެހޮސްޕިޓަލުން ބުންޏެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)