
ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް ގައި 19 އަހަރުގެ އަންހެން ކުއްޖެއްގެ ބަޑުން ބުރުގާގައި ޖަހާ ޕިނެއް ކާމިޔާބު ކަމާއެކު ނަގައިފި އެވެ.
އައިޖީއެމްއެޗް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ 19 އަހަރުގެ އަންހެން ކުއްޖާގެ ބަނޑުގައި މި ޕިން ހަރުލާފައި އިންކަމެވެ. އަދި މި ޕިން ނެގުމަށް ހޮސްޕިޓަލްގެ ޑިޕާޓްމަންޓް އޮފް ސާރޖަރީ ޓީމުން ބޭނުންކޮށްފައި ވަނީ ޔޫޖީއައީ އެންޑޯސްކޮޕީ އެވެ.

ޔޫޖީއައީ އެންޑޯސްކޮޕީ އަކީ އިންސާނާގެ "އަޕަރ ގެސްޓްރޯ އިންޓެސްޓިނަލް ސީރީސް" އަށް ހިމަ ހޮޅިއެއްގައި ކެމެރާއެއް ހަރުކޮށް ބަލާބެލުމަށް ކިޔާ ނަމެވެ. މިކެމެރާ ބޭނުންކޮށްގެން ބަނޑުގެ ކައިރިފަށް ބަލާ ގެއްލުން ލިބިފައިވާ ތަން ހޯދޭނެއެވެ.

އައިޖީއެމްއެޗްއިން ވަނީ އަނގަޔަށް ޕިން ފަދަ ތަކެތި ލުމުން ލިބިދާނެ ގެއްލުމުން ރައްކާތެރިވެ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެންޑޯސްކޮޕީ ބޭނުންކޮށްގެން މި އޮޕަރޭޝަން ކާމިޔާބު ނުކުރެވުނު ހާލަތެއްގައި ބޮޑު ސާރޖަރީއެއް ކުރަން ޖެހިދާނެ ކަމަށް ވެސް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.
މިމަހުގެ ކުރީކޮޅުގައިވެސް ވަނީ އައިޖީއެމްއެޗްގައި 17 އަހަރުގެ ކުއަޖެއްގެ ނޭވާލާ ހޮޅީގައި ތާށިވެފައި އިން ބުރުގާގައި ޖަހާ ޕިނެއް ނަގާފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)