ހުޅުމާލޭ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކަށީގެ އޮޕަރޭޝަނެއް ކޮށްފި

އައިޖީއެމް ހޮސްޕިޓަލާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަށީގެ އޮޕަރޭޝަނެއް ކޮށްފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ކަށީގެ އޮޕަރޭޝަންތައް ފާއިތުވި ހަފްތާގެ ބުރާސްފަތި ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަން ކޮށްދެއްވާފައިވަނީ ކަށީގެ ހާއްސަ ޑޮކްޓަރ ޔޫސުފް ޝާނެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ކުރިންވެސް ކަށީގެ ޑޮކްޓަރެއް ހުރި ނަމަވެސް، ކެޕޭސިޓީ ނެތުމުން ކަށީގެ އޮޕަރޭޝަނެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އައިޖީއެމްއެޗްއާއި ގުޅިގެން އާސަންދައިގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލްގައި ކަށީގެ އޮޕަރޭޝަންތައް މިހާރު ފަށާފައިވެއެވެ.
މިހާރު ނޫހަށް މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ ދެޕިއުޓީ ސީއީއޯ ވިދާޅުވި ގޮތުގައި ކޮންމެ ހަފްތާއަކު އައިޖީއެމްއެޗްގެ ޑޮކްޓަރުން ހުޅުމާލެ ހޮސްޕިޓަލުގައި ބައްލަވާނެއެވެ. އަދި ޑިމާންޑް އޮތް މިންވަރަކުން ކަށީގެ އޮޕަރޭޝަންތައް މިހޮސްޕިޓަލުގައި ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަނިޔާތަކަށް ފަރުވާދޭ ގައުމީ މަރުކަޒު ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމްކުރުމަކީ މި ސަރުކާރުގެ އެއް އަމާޒުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)