
އައިޖީއެމް ހޮސްޕިޓަލްގައި އިއްޔެ ކުރި އޮޕަރޭޝަނެއްގައި 17 އަހަރުގެ އަންހެއް ކުއްޖެއްގެ ފުއްޕާމޭގެ ތެރެއިން ބުރުގާގައި ޖަހާ ޕިނެއް ނަގައިފި އެވެ.
އައިޖީއެމް ހޮސްޕިޓަލުގެ ނެޝަނަލް ސެންޓަރ ފޯރ ރެސްޕިރޭޓަރީ މެޑިސިން ޓީމުން ކާމީޔަބު ކަމާއެކު މި އޮޕަރޭޝަން ކޮށްފައިވާއިރު، އޮޕަރޭޝަން ކުރި ބަލިމީހާގެ ހާލުވެސް ރަނގަޅުކަމަށް އެ ހޮސްޕިޓަލުގެ ފިޒިޝަންއެއް ކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

17 އަހަރުގެ މި އަންހެންކުއްޖާގެ ފުއްޕާމެއިން މި ނެގުމަށްޓަކައި ހަރަކާތްތެރިވެފައިވަނީ ޑރ. މުހައްމަދު އަލީ އާއި ޑރ. މުހައްމަދު އިސްމާއިލްގެ އިތުރުން ހޭނައްތާ ޑރ. ބަރަކާތެވެ. އަދި ޕިން ނެގުމަށް 3 ގަޑިއިރު ހޭދަކޮށްފައިވާކަމަށްވެސް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.
މި ކާމިޔާބު އޮޕަރޭޝަނަށްފަހު އެ ހޮސްޕިޓަލުގެ ރެސްޕިރޭޓަރީ ޓީމުންވަނީ ބުރުގާގައި ޖެހުމަށް ބޭނުންކުރަ ޕިންފަދަ ތަކެތި އަނގަޔަށް ނުލުމަށް އިލްތިމާސްކޮށްފައެވެ. ޕިންފަދަ އެއްޗެހި އަނގަޔަށް ލައިގެން އުޅުމުގެ ތެރޭގައި ދިރުވާލެވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށްވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)