އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 09/05/2020

ހޮސްޕިޓަލްތަކުގެ އެމަރޖެންސީ ރޫމްތައް މިހާރު "ކޯވިޑް-ފްރީ" ކަމަކަށް ނުބެލެވޭނެ- ޑރ. އަލީ ނަޒީމް

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 09/05/2020

IGMH Coronavirus COVID-19 Dr Ali Nazeem
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ބެލި ކަމުގައި ވިއަސް ހޮސްޕިޓަލްތަކުގެ އެމަރޖެންސީ ރޫމްތައް މިހާރު "ކޯވިޑް-ފްރީ" ކަމަކަށް ނުބެލެވޭނެކަމަށް އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗް އަދި ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވުމުން ޑރ. އަލީ ނަޒީމް ވިދާޅުވީ ކޯވިޑް-19 ގެ އަލާމާތެއް ނެތި އެހެނިހެން ތަކުލީފުތަކާއެކު ހޮސްޕިޓަލްތަކަށް ބަލީމީހުން ގެނެވޭކަމަށެވެ.

އެގޮތުން ރޭ އައްޑޫއިން އައިޖީއެމްއެޗްއަށް ގެނެވުނު މީހާ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެބަލީގެ އެއްވެސް އަލާމާތެއް ނުފެނިކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނެވުނީ ހިތުގެ ބައްޔަކަށް ބޭސް ކުރުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިމީހާ އައިޖީއެމްއެޗްއަށް ގެނެވިފައިވަނީ އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލުގައި ބެލުމަށް ފަހުއެވެ.

މީގެ އިތުރުން އައިޖީއެމްއެޗްގެ މުވައްޒަފުން ބޭނުންކުރާ ޕަރސަނަލް ޕްރޮޓެކްޓިވް އިކުޕްމެންޓް (ޕީޕީއީ) ތަކަށް ޤަވާއިދުތަކެއް ހެދިފައިވާކަމަށްވެސް ޑރ. ނަޒީމް ވިދާޅުވިއެވެ. މިޤަވާއިދުގެ ދަށުން އެމަރޖެންސީ ރޫމްތަކުގައި މުވައްޒަފުން ތިބޭނީ ފުލް ކިޓުގައެވެ.

އައިޖީއެމްއެޗް އަށް ގެނެވުނު ބަލިމީހަކަށް ހުށަހެޅިގެން މިހާތަނަށް އެއްވެސް ޑޮކްޓަރެއް އަދި ނަރުހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. ނަމަވެސް އެޗްޕީއޭގެ ލަފާގެ މަތިން 16 ނަރުހަކު ކަރަންޓީނަށް ގެންދެވިފައިވާކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒީމް ވިދާޅުވިއެވެ.

އަދި ހޮސްޕިޓަލްގެ ބޭރުން ޑޮކްޓަރަކާއި ނަރުހެއްވެސް ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗްއިން ޓެސްޓު ކުރެވިގެން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ސީރިއަސް ވެދާނެކަމަށް ބެލިގެން މިހާތަނަށް 5 މީހަކު ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ