އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/05/2020

15 ކުދިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވް، ހުރިހާ ކުދިންގެވެސް ހާލު ރަނގަޅު: ޑރ. ފައިސަލް

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލިޖެހުނު 15 ކުދިންގެ ތެރެއިން 40 އިންސައްތަ ކުދިންގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/05/2020

Coronavirus COVID-19 Dr Ahmed Faisal
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިހާތަނަށް 15 ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި އެ ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅުކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލިޖެހުނު 15 ކުދިންގެ ތެރެއިން 40 އިންސައްތަ ކުދިންގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަކަމަށެވެ. އަދި މި ކުދިންގެތެރެއިން ހުމުގެ އަސަރު ހުރީ 40 އިންސައްތަ ކުދިންގެ ގައިގަ އެވެ.

މީގެއިތުރުން 20 އިންސައްތަ ކުދިންނަށް ކެއްސުމުގެ ޢަލާމާތް ހުރިކަމަށާއި އަދި 13 އިންސައްތަ ކުދިންގެ ކަރުގައި ރިއްސިއިރު، އެއް އިންސައްތަ ކުދިންނަށް ރަހަނުލުމާއި ވަސް ނުދުވުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ނުރައްކާ އެންމެބޮޑީ އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތައް ތަހައްމަލްކުރާ މީހުންގެ އިތުރުން ކުޑަކުދިންނާއި މާބަނޑު މީހުންގެ އެވެ. އެހެންކަމުން ކުޑަކުދިން ވީހާވެސް ބޮޑަށް ވައިރަހުން ރައްކާތެރިވެވޭނެ ފަދަ ދިރިއުޅުމުގެ އާދަކާދައަށް ހޭނުމަށް ސިއްޙީ މާހިރުން ގެންދަނީ އިރުޝާދުދެއްވަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ