އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 16/03/2020

ލަންޑަނަށް އުފަންވި ކުއްޖަކު މުޅިދުނިޔެއިން ކޮރޯނާވައިރަސްއަށް ޕޮސިޓިވްވި އެންމެ ހަގު ކުއްޖާއަށް ވެއްޖެ

ކުއްޖާއަށް ވައިރަސް ޖެހިފައިވަނީ ބަނޑުގައި އޮއްވާ ކަމެއް ނުވަތަ ވިހެއުމުގެ ތެރޭގައިކަން ޔަގީން ނުވާކަމަށް ވަނީ ބުނެފައެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 16/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ލަންޑަންގެ ހޮސްޕިޓަލްއެއްގައި ވިހޭ ކުއްޖަކު ކޮރޯނާވައިރަސްއަށް ޕޮސިޓިވް ވެއްޖެއެވެ. މުޅިދުނިޔެއިން ކޮރޯނާވައިރަސް ޖެހިފައިވާ އެންމެ ހަގު ކުއްޖާކަމަށް ބުނެފައިވާ މި ކުއްޖާގެ މަންމަ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ނިއުމޯނިއާ ހުރިކަމަށް ޝައްކު ކުރެވުމުން ލަންޑަންގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. 

ހޮސްޕިޓަލްއަށް ގެންދިއުމުގެ ކުރިން މަންމައަށް ވައިރަސް ޖެހިފައިވާކަމެއް ނޭނގެއެވެ. މަންމައަށް ވައިރަސް ޖެހިފައިވާކަން އެނގިފައިވަނީ ނޯރތު މިޑިލްސެކްސް ހޮސްޕިޓަލްގައި ވިހެއުމަށްފަހު ޓެސްޓްތައް ހެދުމުންނެވެ. އަދި ވިހެއުމުން ދަރިފުޅުގެވެސް ވަނީ ޓެސްޓްތައް ހަދާފައެވެ.

ކުއްޖާއަށް ވައިރަސް ޖެހިފައިވަނީ ބަނޑުގައި އޮއްވާ ކަމެއް ނުވަތަ ވިހެއުމުގެ ތެރޭގައިކަން ޔަގީން ނުވާކަމަށް ވަނީ ބުނެފައެވެ.

ހޮސްޕިޓަލަށް ގެންދިއުމަށްފަހު މަންމައަށް އަދި ދަރިފުޅަށްވެސް ވައިރަސް ޖެހިފައިވާކަން ޔަގީންވުމުން، ވަކި ހޮސްޕިޓަލްތަކުގައި ފަރުވާދިނުމުގެ ގޮތުން ބައިތިއްބާފައިވާކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.

މިކަމާ ގުޅޭގޮތުން ނޯރތު މިޑިލްސެކްސް ހޮސްޕިޓަލްއިން ބުނެފައިވަނީ 2 ޕޭޝަންޓުން ވަނީ އެ ހޮސްޕިޓަލުގައި ވައިރަސްއަށް ޓެސްޓެ ކުރުމަށްފަހު ޕޮސިޓިވް ވެފައިކަމަށާއި، އެއް ޕޭޝަންޓް މިހާރުވަނީ ސްޕެޝަލިސްޓް ސެންޓާއަކަށް ބަދަލު ކޮށްފައިކަމަށެވެ. އަދި އަނެއް ޕޭޝަންޓްއަށް މި ހޮސްޕިޓަލުގެ އައިސޮލޭޝަން ރޫމްއެއްގައި ފަރުވާ ދެމުންދާކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، ހޮސްޕިޓަލްއަށް އެންމެ މުހިންމު ކަމަކީ ސްޓާފުންނާއި ޕޭޝަންޓުންގެ ރައްކާތެރިކަން ކަމަށާއި، ޕަބްލިކް ހެލްތު އިންގްލެންޑްގެ ލަފާގެ މަތިން ޕޭޝަންޓުންނަށް ފަރުވާދެމުންދާ ހިސާބުތައް ކޮންމެ ދުވަހަކު ރީތިކޮށް ސާފު ކުރެވޭކަމަށް ބުނެފައިވެއެވެ. 

އަދި އެއްވެސް ސްޓާފެއް ޕޭޝަންޓްއަކާ ކޮންޓެކްޓްވެފައިވާނަމަ ސެލްފް އައިސޮލޭޓްވުމަށް އަންގާފައިވާކަމަށްވެސް ބުނެފައިވެއެވެ.

 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ