އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/03/2020

މިއީ ކޯވިޑް-19ގެ ސަބަބުން މާބަނޑު ދުވަސްވަރު ދިމާވެދާ ކަންކަން

މާބަނޑު މީހުންގެ ދިފާއީ ނިޒާމު ބަލިކަށިވުމަކީ ކޮވިޑް-19 ގެ ސަބަބުން ގެއްލުމެއް ލިބިދާނެ ކަމެއް ތަ؟
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/03/2020

HPA Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އާންމުގޮތެއްގައި އަހަރުމެންގެ ތެރޭގައި ރޯގާއެއް ފެތުރޭނަމަ އެކަމުން ރައްކާތެރިކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރެވޭ ބަޔަކީ ކުޑަކުދިންނާއި އުމުރުންދުވަސްވީ މީހުންގެ އިތުރުން މާބަނޑު މީހުންނެވެ.

ސަބަބަކީ އާންމު މީހުންނާއި އަޅާބަލާއިރު މި މީހުންގެ ދިފާއީ ނިޒާމު ބަލިކަށިވުމެވެ. އަދި ހާއްސަކޮށް ނޭވާލާ ނިޒާމަށްޖެހޭ ބަލިތައް މި މީހުންނަށް އެރުމުގެ ފުރުސަތު ޑަބަލް ބޮޑުވުމެވެ.

އެހެންނަމަވެސް މިފަދަ ރޯގާތަކާއި ކޯވިޑް-19 އާއި ވަރަށްބޮޑަށް ތަފާތުކަމަށް ގިނަ ސިއްހީ މާހިރުން އެއްބަސްވެއެވެ. ސަބަބަކީ މި ތިންބައި މީހުންގެ ތެރެއިންވެސް ކޯވިޑް-19ގެ ނުރައްކާ ބޮޑަށް އޮތީ އުމުރުންދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް ކަމަށްވުމުންނެވެ.

މީގެ މާނައަކީ ކުޑަކުދިންނާއި މާބަނޑުމީހުން މި ބައްޔަށް އިމިއުންވުމެއް ނޫނެވެ.

މާބަނޑު ދުވަސްވަރު ކޯވިޑް-19 ޖެހިއްޖެނަމަ ދިމާވަނީ ކޮންކަމެއް؟

ކޯވިޑް-19 ޖެހިއްޖެނަމަ އެހެންމީހުންނެކޭ އެއްގޮތަށް މާބަޑުމީހުންގެ ކިބައިންވެސް ފެންނާނީ ހަމަ ރޯގާގެ އަލާމާތްތަކެވެ. އެހެންނަމަވެސް ބަލީގެ ސަބަބުން މާބަނޑު ދުވަސްވަރު އިތުރުނޭދެވޭ ސިއްހީ ނުރައްކަލެއް މާބަނޑު މީހުންނަށް ދިމާވާ ކަމަކަށް އެނގިފައެއް ނުވެއެވެ.

މިހާތަނަށް ކޯވިޑް-19 ޖެހިގެން ދުނިޔޭގެ އެކި ހިސާބުތަކުން 5،835 މީހުންވަނީ މަރުވެފައެވެ. އެހެންނަމަވެސް އޭގެތެރޭގައިވެސް މާބަނޑު މީހަކު މަރުވެފައެއް ނުވެއެވެ. 

މާބަނޑުދުވަސްވަރަކީ ތަފާތު އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު ބޮޑު ދުވަސްވަރެކެވެ. އެގޮތުން ހިތުގެ ނުވަތަ ފުއްޕާމޭގެ ބަލި ހުންނަ މީހަކަށް މިބަލި ޖެހިއްޖެނަމަ އިތުރަށް ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

ކޯވިޑް-19 ޖެހިއްޖެނަމަ ބަނޑުގައިވާ ދަރިފުޅަށް ކުރާނީ ކޮން އަސަރެއް؟

ކޯވިޑް-19 އަކީ ކުރިން ދުނިޔެއިން ފެނިފައިވާ ވައިރަސްތަކުގެ އާއިލާއަށް ނިސްބަތްވާ ވައިރަހަކަށް ވިނަމަވެސް މިވައިރަހުގެ އަސްލު މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ. މިއީ ވަރަށް އާ ވައިރަހކަށްވުމުން މި ވައިރަހާއި ބެހޭގޮތުން އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ.

އާންމުގޮތެއްގައި މާބަނޑުދުވަސްވަރު ކޯވިޑް-19 ޖެހުނުނަމަވެސް  މައިމީހާގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށް މި ބަލިޖެހުމުގެ ފުރުސަތުކުޑައެވެ. އެގޮތުން ބައިގެން ދިއުމާއި، ވައިރަސްގެ ސަބަބުން ކުއްޖާ އުފެދުމުގެ އައިބުތައް ދިމާވުމުގެ ފުރުސަތު ކުޑައެވެ.

އެހެންނަމަވެސް މައިމީހާގެ ސިއްހަތު ނިޔާކުރާގޮތަކުން ދުވަސްނުފުރާ ވިހަންޖެހުމަކީ ކުރިމަތިވެދާނޭ ކަމެކެވެ.


މައުލޫމާތު ނަގައިފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލިޔުންތަކުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ