އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/03/2020

ކޮވިޑް -19 އަށް ޕޮޒިޓިވް ވި މީހުން 13 އަށް އަރައިފި 

މިއަދު ދަރުބާރުގޭގައި ހިނގި ޕްރެސް ކޮންފަރެންސްގައި ސްޕޯކްސްޕަރސަން މަބްރޫކް އަޒީޒް ވަނީ މިކަން އިއުލާނުކޮށްފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް އިތުރު 2 މީހުން ޕޮޒިޓިވްވެއްޖެ އެވެ.  

މި ދެ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއެކު މިހާރު ރާއްޖެއިން ވަނީ ކޯވިޑް-19ގެ 13 ކޭސް ފެނިފައެވެ.

ކޯވިޑް-19އިން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ސަފާރީއެއްގައި ތިބި ދެމީހުންކަމަށް ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ. މި ދެމީހުންނަކީ ދެމަފިރިންކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

އަދި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވެފައިވަނީ އެ ސަފާރީ މިވަގުތު ވީ ފުވައްމުލަކު ސަރަހައްދުގައި ކަމަށެވެ.

ކޯވިޑް-19 އަށް މިއަދުވަނީ އަނަންތަރާގައި ހުރި މީހަކުވެސް ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ކޯވިޑް-19 ފެނިފައިވަނީ ރާއްޖޭގެ ރިސޯޓުތަކުންނެވެ. އަދި އެކަމާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ފަރާތުންވެސް ވައިރަސްގެ އަލާމާތެއް ފެނިއްޖެނަމަ 1676އަށް ގުޅައި އެކަމާއި ގުޅޭގޮތުން އެހީ ހޯދުމަށް މަބްރޫކްވަނީ އެދިލައްވާފައެވެ.

މީގެއިތުރުން އަޑުއިވުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިންވެސް މައުލޫމާތު ހޯދޭނެކަމަށް މަބްރޫކްވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ