އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 14/03/2020

އެމެރިކާ، އިނގިރޭސިވިލާތު އަދި އެފްރިކާގެ ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ރާއްޖެ އަންނަނީ

މިއަދު ދަރުބާރުގޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސް ގައި މިނިސްޓަރ އަލީ ވަހީދު ވަނީ މިހެން ވިދާޅުވެފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 14/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާ، އިނގިރޭސިވިލާތު އަދި އެފްރިކާގެ ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ބުރާސަފަތި ދުވަހު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ އެޓީމުގައި ޑޮކްޓަރުންނާއި ނަރުހުން އަދި އިތުރު ހިދުމަތްތެރިންވެސް ހިމެނޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިދެކޭ ގޮތުގައި ކުރިއަށް މިއޮތް ހަފްތާތައް ވާނީ މިކަމުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ ދުވަސްތަކަކަށް" މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވެފައިވަނީ މިޓީމު ރާއްޖޭގައި ހުންނާނީ 1 މަސް ދުވަސް ވަންދެން ކަމާއި މިޓީމަކީ ޓޫރިޒަމް މިނިސްޓްރީން ޓާސްކްފޯސްއަށް ހަދިޔާކޮށްފައިވާ ޓީމެއް ކަމަށެވެ.

ރާއްޖޭގައި ހުންނަ ވިލިވަރު ފެސިލިޓީގެ ފޭސް ދެއެއްގެ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ ރައީސް ސޯލިހްގެ ނިންވުމާއެކީ ވިލިވަރުގެ ފޭސް ދެއެއްގެ މަސައްކަތް ނިމުމުން 100 އެނދަށް ވުރެ ގިނަ އެނދުގެ ފެސިލިޓީއެއް ގާއިމުވެގެން ދާނެ ކަމަށެވެ.

ހަމަމިއާއެކު ރާއްޖޭގައި ތިންވަނަ ކަރަންޓީން ފެސިލިޓީއެއް ގާއިމް ކުރުމުގެ ގޮތުން އއ. ވެލިދޫ އައިލެންޑް ރިސޯޓު ބޭނުން ކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް 10 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ