އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/03/2020

ދަރުމަވަންތަ ހޮސްޕިޓަލްގައި އޮތް ބަލިމީހާގެ ހާލުދަނީ އިތުރަށް ގޯސްވަމުން – ޑރ. މުރާދު

މިވާހަކަ ޑރ. މޫސާ މުރާދު އިއުލާން ކުރައްވާފައިވަނީ މިރޭގެ ޕްރެސް ކޮންފަރެންސް ގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/03/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި ބަލިމީހާގެ ހާލުއިތުރަށް ގޯސްވެފައިވާކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

މިހާރުކުރިއަށްދާ ޕްރެސްގައި ޑރ. މުރާދު ވިދާޅުވިގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ 70 އަހަރުގެ މީހާގެ ހާލުއިތުރަށް ގޯސްވުމުގެ ސަބަބުން އޮކްސިޖަން ދޭންޖެހިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް މިހާތަނަށް ބަދަލުކޮށްފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބިދޭސީއަކާއި އޭނާގެ އަންހެނުން އެކަންޏެވެ. އޭނާ ދަރުމަވަންތައަށް ބަދަލުކޮށްފައިވަނީ އުމުރުންދުވަސްވީ މީހަކަށް ވުމުން އިތުރަށް މޮނީޓަރ ކުރުމަށެވެ.

މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ގައިން ރޯގާފެނިގެން ކޯވިޑް-19އަށް ޓެސްޓު ހަދާފައިވާ ކަމަށް ޑރ. މުރާދުވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެ މުވައްޒަފު ކޯވިޑް-19އަށް ނެގަޓިވްވުމުން މިދުވަސްކޮޅު ގޭގައި މަޑުކުރުމަށް ހުއްދަދީފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ