އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/03/2020

ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް އިންޑިޔާއިން ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އަންނަނީ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ވަނީ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކަވާފައެވެ.
168679_987dc2f1-e_
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/03/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް އިންޑިޔާއިން ޑޮކްޓަރުންގެ ޓީމެއް ރާއްޖެގެންނަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނާއި މުހާބަތަކުރައްވައި ރައީސް މިހާރު ދައްކަވަމުންގެންދަވާ ވާހަކަފުޅުގައި ރައީސްވަނީ އިންޑިޔާއިން ރާއްޖެ 3 މަސްދުވަހުގެ ބޭސް ފޯރުކޮށްދޭނޭކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

އަދި ހަމައެހެންމެ މިފަދަ ދަނޑިވަޅެއްގައި އިންޑިޔާގެ ޑޮކްޓަރުން ޓީމެއް ރާއްޖެއަށް އެހީތެރިވުމަށް އައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަވައްޓެރި އެހެން ގައުމުތަކުންވެސް ރާއްޖެއަށް ކޮވިޑް-19 އާއި ދެކޮޅަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޮލިހް ވިދާޅުވިގޮތުގައި ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިސާދަށްވެސް ވަނީ ވަރަށްވެސް ބޮޑު ހީނަރުކަމެއް އައިސްފައެވެ. އަދި އޭގެތެރެއިންވެސް އެންމެބޮޑު އަސަރެއްކުރާނީ ރާއްޖޭގެ އިޤްތިސާދަށްކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އަދި މިއަހަރު ލަފާކޮށްފައިވާ ވަރަށްވުރެ ޖީޕީޑީ ދަށަށް ދަށްވާނޭކަމަށް އަންދާޒާކުރެވޭކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސްވަނީ މިފަދަ ދަނޑިވަޅެއްގައި ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާއަދާކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި މިފަދަ ކޮންމެ މުސީބާތެއްގެ ދަނޑިވަޅުގައި އީމާންތެރިކަން ވަރުގަދަކުރުމަށް ރައީސްވަނީ ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ