އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/03/2020

ރާއްޖެއިން ވައިރަސް ނައްތާލެވިދާނޭ ކަމާމެދު އުއްމީދުކަނޑައެއް ނުލަން: މިނިސްޓަރ އަމީން

ރާއްޖެއިން ކޯވިޑް-19 ނައްތާލެވިދާނޭ ކަމާއިމެދު އަދިވެސް އުއްމީދު އެބައޮތް ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ. 
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/03/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން ކޯވިޑް-19 ނައްތާލެވިދާނޭ ކަމާއިމެދު އަދިވެސް އުއްމީދު އެބައޮތް ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ ދަރުބާރުގޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސް އެއްގައެވެ.

ދުނިޔޭގައި އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޯވިޑް-19 އައި ގުޅިގެން ސަރުކާރުން ދާދި ދެންމެވަނީ އާއްމު ސިއްހަތު ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

މީގެއިތުރުން ޑަބްލިޔުއެޗްއޯއިން އިއްޔެވަނީ ކޯވިޑް-19އަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަތެރި ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އަދި އައިސީޔޫގެ ހިދުމަތްތައް ދަރުމަވަންތަ ކޮމްޕެލެކްސްއިން ލިބޭނެ އިންތިޒާމް ހަމަޖައްސަމުންދާއިރު، ފަރުކޮޅުފުށީގައި ހުރި އައިސޮލޭޝަން ސެންޓަރުގެ އިތުރުން އަތޮޅުތެރޭގައިވެސް އައިސޮލޭޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

މީގެއިތުރުން އުނދަގޫ ހާލަތްތަތަކުގައި ޑަބްލިޔުއެޗްއޯ އާއި އަވަށްޓެރި ޤައުމުތަކުންވެސް އެހީތެރިވާނޭކަމުގެ ޔަގީންކަން ވަނީ ލިބިފައިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ބަލީގެ ސަބަބުން ކްރިޓިކަލް ހާލަތަށް ދާ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމްތައްވެސް ޤާއިމްވެފައިހުރިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިބަލިން ރައްކަތެރިވާނޭކަމާއި މެދު ސަރުކާރުން އުއްމީދުކަނޑާނުލާ ކަމަށެވެ.

ނޮވެލް ކޮރޯނާވައިރަސް ދުނިޔޭގެ 125 ގައުމަކަށް ފެތުރިފައިވާއިރު 127،000 މީހުން ބައްޔަށް ޕޮޒިޓިވް ވެ 4،700 މީހުން ވަނީ މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ