އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 11/03/2020

ކޮވިޑް-19 ފަދަ ބަލިތަކާއި ބެހޭގޮތުން ދޮގު ހަބަރު ފެތުރުމުން ބޮޑެތި ގެއްލުންތަކެއް

ދޮގު ހަބަރާއި، ތެދު ނޫން މައުލޫމާތު ފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ދެއްކުން ހުއްޓުވުމަކީ މީހުން މިފަދަ ބަލިތަކުން ސަލާމަތްވާނެކަމެއް ކަމަށް މިދިރާސާގައި ބުނެފައިވެއެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 11/03/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބަލިތައް ފެތުރެމުންދާއިރު ދޮގު ހަބަރު ފެތުރުމުން މިފަދަ ކަންކަން އިތުރަށް ގޯސްވެދާނެ ކަމަށް ޔުނައިޓަޑް ކިންގްޑަމްގެ ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާ އިން ހަދާފައިވާ ދިރާސާއަކުން ދައްކައިފިއެވެ.

އިންފްލުއެންޒާ، މަންކީޕޮކްސް، ނޮރޯވައިރަސް އާގުޅޭގޮތުން ހަދާފައިވާ މި ދިރާސާއަކީ ކޮވިޑް-19 އަށް ފިޔަވަޅު އެޅުމުގައި ބޭނުންތެރި އެއްޗަކަށް ވާނެކަމަށް ވެސް ބުނެފައިވެއެވެ.

މި ދިރާސާގައި މަސައްކަތް ކޮށްފައިވާ ޓީމުން ބުނެފައިވަނީ ދޮގު ހަބަރާއި، ތެދު ނޫން މައުލޫމާތު ފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ދެއްކުން ހުއްޓުވުމަކީ މީހުން މިފަދަ ބަލިތަކުން ސަލާމަތްވާނެކަމެއް ކަމަށެވެ. ކޮވިޑް-19 ގެ ސްޕެޝަލިސްޓްއެއް ކަމަށްވާ ނޯރވިޗްގެ މެޑިކަލް ސްކޫލްގެ ޕްރޮފެސާ ޕޯލް ހަންޓާ އަދި ޑރ. ޖޫލީ ބްރެއިނާޑް ވަނީ ބަލި ތަކާމެދު ދޮގު ހަބަރު ފެތުރުމުން ވެދާނެގޮތެއް ހޯދާފައެވެ. 

އެގޮތުން ޕްރޮފެސާ ހަންޓާ ބުނެފައިވަނީ ދޮގު ހަބަރަކީ ތެދާ ދޭތެރޭ އެއްވެސް އިހުތިރާމެއް ނެތި ހަދަހަދައިގެން ދެކެވޭ ވާހަކަތަކަށް ބިނާކޮށް ފަތުރާ ވާހަކަތަކެއްކަމަށެވެ. ހަމައެއާއެކު ކޮވިޑް-19 އާއި ގުޅޭގޮތުން އެކި ކަހަލަ ދޮގު ހަބަރު ފެތުރެމުން ދާއިރު، އެ ވައިރަސް ފެތުރެން ފަށާފައިވަނީ ކޮންތާކުންތޯ އަދި ކޮންގޮތަކުންތޯ، އަދި މި ވައިރަސް ފެތުރެމުންދަނީ ކިހިނެއްކަމާ ގުޅޭގޮތުންވެސް ދަނީ ދޮގު ހަބަރުތައް ފެތުރެމުންނެވެ.

ތެދު އެކުނުލެވޭ ވާހަކަތައް ފެތުރެން ފެށުމުން ނުބައި ނަސޭހަތް މީހުންނަށްދެވި އިންސާނުންގެ އުޅުން ނުރަނގަޅު ގޮތަކަށް ބަދަލު ވެގެންދެއެވެ. މިފަދަ ކަމެއްގެ މިސާލަކަށް، ވެކްސިންއާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ މީހުންގެ ސަބަބުން މުޅި ދުނިޔެއަށް ހިމަބިހި ނުވަތަ މީސެލްސް ދަނީ ފެތުރެމުންނެވެ. 

އަދި ޔޫކޭގައި 14% ކުދިން ޗިކަންޕޮކްސްގެ އަލާމާތްތަކާއިއެކު ސްކޫލަށް ފޮނުވުމުން، ސްކޫލްގެ ގަވާއިދުތަކާއި ބާކީ ކުދިންގެ ރައްކާތެރިކަމަށްވެސް ހުރަސްއެޅެއެވެ. މިފަދަ ނުރަނގަޅު މައުލޫމާތުގެ ސަބަބުން ބައްޔެއް ފެތުރެމުންދާއިރު އެންމެނަށްވެސް ގެއްލުން ވާނެއެވެ.

ތެދު ހަބަރަށްވުރެ ސޯޝަލް މީޑިއާގައި ދޮގު ހަބަރު ފެތުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. މިފަދަ ނުރަނގަޅު ހަބަރުތައް ގަބޫލު ކުރާއިރު ޔަގީންކަން އޮތް ފަރާތްތަކުން ދެމުންދާ މައުލޫމާތު އަޑުއަހާ މީހުންމަދެވެ. 

މި ހޯދުންތަކުން ދައްކަމުން ދާގޮތުގައި ދޮގު ހަބަރު ފެތުރުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެއެވެ. ތެދު ހަބަރު މީހުންނާ ހަމައަށް ގެނެސްދިނުމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން ދޭ މައުލޫމާތު ގަބޫލުކޮށް އެ ފަދައިން މަސައްކަތް ކުރުމަކީ ތިމާއަށްވެސް މުޅި މުޖުތަމައުއަށްވެސް ފައިދާ ވާނެ ކަމެއްކަން މި ހޯދުންތަކުން ދައްކައެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ