އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 11/03/2020

ކުރަމަތި ރިސޯޓުން ޓެސްޓު ކުރި ދެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ޓެސްޓު ކުރި ދެ މީހުންގެ ސާމްޕަލް ޕޮޒިޓިވް ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 11/03/2020

HPA Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކުރަމަތި ރިސޯޓުން ޓެސްޓު ކުރި ދެ ބިދޭސީއެއްގެ ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާރު ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށާއި، އެއާ ވިދިގެން ކުރިމަތި ރިސޯޓަށް އަރާ ފޭބުން އަދިވެސް އޮތީ ހުއްޓާލާފަ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 8 އަކަށް އަރައިފިއެވެ. އަދި މިވަގުތު ވިލިވަރުގައި 9 ފަރާތެއް އައިސޮލޭޓް ކުރެވިފައިވާ އިރު ފަރުކޮޅުފުށީގައި 15 މީހެއް ވަނީ އެކަހެރި ކުރެވިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދާދި ފަހުން ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރުމުގެ ފުރަސަތު ވަރަށް ބޮޑު ކަމަށެވެ.

މިހާތަނަށް 119 ގައުމަކުން މިވައިރަސް ފެނިފައިވާ އިރު 119،225 މީހުން ޕޮޒިޓިވް ވެ 4،299 މީހުން ވަނީ މަރުވެފައެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ