އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 11/03/2020

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓިން ޝައްކު ކުރެވުނު މީހާވެސް ނެގަޓިވް

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު ދިވެއްސެއްގެ ޓެސްޓު ނަތީޖާ ނެގަޓިވް ވެއްޖެއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 11/03/2020

HPA Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓިން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި މީހާގެ ނަތީޖާ ނެގަޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމީހާ ނެގަޓިވް ވުމާއި ގުޅިގެން އަދި އެއާއި ވިދިގެން ކުރެވުނު ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް ނިމުމުން މިހާރު އެރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ބިދޭސީއެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުން ފަރުކޮޅުފުށީ ފެސިލިޓީއަށް ގެންދެވިފައިވާކަމަށް އެޗްޕީއޭ އިން އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ.

މިއާއެކު ރާއްޖޭގައި މިވަގުތު ވިލިވަރުގައި 9 ފަރާތެއް އައިސޮލޭޓް ކުރެވިފައިވާ އިރު ފަރުކޮޅުފުށީގައި 15 މީހެއް ވަނީ އެކަހެރި ކުރެވިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދާދި ފަހުން ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރުމުގެ ފުރަސަތު ވަރަށް ބޮޑު ކަމަށެވެ.

މިހާތަނަށް 119 ގައުމަކުން މިވައިރަސް ފެނިފައިވާ އިރު 119،225 މީހުން ޕޮޒިޓިވް ވެ 4،299 މީހުން ވަނީ މަރުވެފައެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ