އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 11/03/2020

އިޓަލީގެ ރޯމްއިން ރާއްޖެ އައި ދެ ދިވެހިން ކަރަންޓީން ކޮށްފި

އެޗްޕީއޭ އިން ބުނެފައިވަނީ މި ދެ މީހުން ކަރަންޓީން ކުރެވޭނީ 14 ދުވަހަށް ކަމަށެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 11/03/2020

HPA Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިޔަދުގެ ހެނދުނުގެ ވަގުތެއްގައި އިޓަލީ ވިލާތުގެ ވެރި ރަށް ރޯމް އިން ރާއްޖެ އައި ދެ ދިވެހިން ކަރަންޓީން ކޮށްފި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިޔަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ރޯމްއިން ފުރައިގެން އައި ދެ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއާއެކު ރާއްޖޭގައި މިވަގުތު ވިލިވަރުގައި 9 ފަރާތެއް އައިސޮލޭޓް ކުރެވިފައިވާ އިރު ފަރުކޮޅުފުށީގައި 15 މީހެއް ވަނީ އެކަހެރި ކުރެވިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދާދި ފަހުން ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރުމުގެ ފުރަސަތު ވަރަށް ބޮޑު ކަމަށެވެ.

މިހާތަނަށް 119 ގައުމަކުން މިވައިރަސް ފެނިފައިވާ އިރު 119،225 މީހުން ޕޮޒިޓިވް ވެ 4،299 މީހުން ވަނީ މަރުވެފައެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ