އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/03/2020

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ދަރުމަވަންތައަށް ބަދަލުކުރަނީ

ބަތަލާ އައިލެންޑުން ވައިރަހަށް ޕޮޒިޓިވްވި އުމުރުން 70 އަހަރުގެ ފިރިހެން މީހާއާ އެކު އޭނާގެ އަންހެނުން ވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރާނެ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/03/2020

Coronavirus COVID-19 Dharumavantha Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ދުވަސްވީ ބިދޭސީއަކު އިތުރަށް މޮނީޓާ ކުރަން ޖެހޭތީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.

ދަރުބާރުގޭގައި އިއްޔެރޭ ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ބަތަލާ އައިލެންޑުން ވައިރަހަށް ޕޮޒިޓިވްވި އުމުރުން 70 އަހަރުގެ ފިރިހެން މީހާއާ އެކު އޭނާގެ އަންހެނުން ވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރާނެ ކަމަށެވެ. 

އަދި އެމީހާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ފެސިލިޓީއަށް ބަދަލުކުރަނީ އޭނާ އިތުރަށް މޮނީޓާކުރުމަށް ޖެހޭ ކަމަށް މެޑިކަލް ޓީމަށް ފެންނާތީ އެވެ.

އިތުރަށް މޮނީޓާ ކުރަނީ އެމީހާއަކީ ދުވަސްވީ މީހަކަށްވާތީ ހައިރިސްކު ކެޓަގެރީގެ މީހަކަށްވާތީ އެވެ. އޭނާގެ ހާލު ގޯސް ނޫން ކަން ވެސް ހާމަކުރި އެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރު މުއާޒް މޫސާ ވިދާޅުވީ ބަލި މީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދޭނީ އައިޒޮލޭޝަނުގައި ކަމަށާއި އެހެންވެ ހޮސްޕިޓަލްގެ ސްޓާފުންނާއި އާއްމުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި އެމީހާ ބޭނުންކުރާނީ ވަކި އެންޓްރަންސްއެއް އަދި ވަކި ލިފްޓެއް ކަމަށްވެސް ޑރ. މުއާޒް ވިދާޅުވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ