އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/03/2020

ދިވެހި ސިއްހީ ހިދުމަތްތެރިންނަށް ސާބަހާއި އައްސަރިބަސް

ސިއްހީ ހިދުމަތްތެރިންނަށް ގިނަ ބަޔަކު ދަނީ ޓްވިޓާ އަދި އެހެން ސޯޝަލް މީޑިޔަތަކުގައި ތައުރީފް އޮއްސަމުންނެވެ. 
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

 މި ދަނޑިވަޅަކީ މުޅި ދުނިޔެއަށްވެސް ނުތަނަވަސް ދަނޑިވަޅެކެވެ. މުޅި ދުނިޔެ އޮތީ ފާއިތުވި އެއް ޤަރުނުގެ ތެރޭގައިވެސް ނުދެކޭހާ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއްގެ ސަބަބުން މުޅި ދުނިޔެ މިދަނީ ރެއާދުވާލު ލޮލުގެ ނިދި ނަގާލުމަށްފަހު ހޭބޯނާރާ މަސައްކަތްކުރަމުންނެވެ. ހާއްސަކޮށް ސިއްހީ އެހީތެރިންނެވެ. 

ސިއްހީ އެހީތެރިންނަކީ އެމީހުންގެ ހަޔާތުގެ ބޮޑުބައެއް މަސައްކަތަށް ހުސްކުރާ ބައެކެވެ. ބައެއް ފަހަރު ކެއުން ބުއިމުން ފެށިގެން ފެންވެރުމާއި ނިދުންވެސް ޤުރުބާންކުރަންޖެހޭ ހާލަތްތައް އާދެއެވެ. އެހެން ފުރާނައެއް ސަލާމަތްކުރުމަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހަޅަނީ ވެސް ހަމަ މިމީހުންނެވެ. 

ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ޑޮކްޓަރުން، ނަރުހުން، ލެބޯޓަރީ ސައިންޓިސްޓުންގެ އިތުރުން ގިނަ ފަރާތްތަކެއް ހިމެނޭ

މިދައްކަނީ ހަމައެކަނި ޑޮކްޓަރުންގެ ވާހަކައެއް ނޫނެވެ. ޑޮކްޓަރުންނާއެކު މަސައްކަތްކުރާ ނަރުހުންގެ ވާހަކައެވެ. އެ ސިއްހީ ހިދުމަތްދޭ ތަނެއްގައި ތަހްލީލްތައް ކުރުމަށް މަސައްކަތްކުރާ މުވައްޒަފުންގެ ވާހަކައެވެ. ސިއްހީ ހިދުމަތްދޭތަންތަން ހިންގާ އިދާރީ މުވައްޒަފުންގެ ވާހަކައެވެ. އަދި އެންމެ މުހިއްމު ކަމަކަށް އެ ސިއްހީ ހިދުމަތްދޭ ތަންތަން ސާފުކޮށް ބަލަހައްޓާ މަސައްކަތްތެރިންގެ ވާހަކައެވެ. ނުރައްކާތެރި ކޮވިޑް-19ގެ މި ކޮޅިގަނޑުގައިވެސް އެންމެ ބޮޑެތި ޤުރުބާނީތަކެއް ވަމުންދަނީ ހަމަ މިމީހުންނެވެ. 

ނޮވެލް ކޮރޮނާވައިރަސް (ކޮވިޑް-19) ދުނިޔޭގެ އެކިކަންކޮޅުތަކުން ފެނުނު ނަމަވެސް ރާއްޖެއާއި ހަމަޔަށް މިވައިރަސް ވާސިލްވެފައިވަނީ އިއްޔެގައެވެ. އެއާއެކު ސިއްހީ ހިދުމަތްތެރިންނަށް ގިނަ ބަޔަކު ދަނީ ޓްވިޓާ އަދި އެހެން ސޯޝަލް މީޑިޔަތަކުގައި ތައުރީފް އޮއްސަމުންނެވެ. 

އިއްޔެ ނޫނަސް ރާއްޖޭގެ ސިއްހީ ދާއިރާގެ ގިނަ ބަޔަކު ވަނީ މާކުރިންވެސް އެމީހުންގެ އާއިލާތަކާއި ވަކިވެ ސިއްހީގޮތުން އެހީތެރިވުމުގެ މަސައްކަތްތައް ފައްޓާފައެވެ. އަދި މިހާރުވެސް ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު މި ރިސްކް ނަގާ މީހުންނެވެ. ތަފާތު އެކި ބަލިތަކުގައި ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނަށް އަމިއްލަ ފުރާނައަތަށް ލައިގެން އެހީތެރިވެދޭ ބަޔަކީވެސް ހަމަ މިމީހުންނެވެ. 

ހަމައެހެންމެ ދިވެހި ސިފައިންވެސް މިހާރުވަނީ އަމަލީގޮތުން މި މަސައްކަތުގައި ބައިވެރިވެފަ އެވެ. ވައިރަހަށް ޝައްކުކުރެވޭ މީހުން ކަރަންޓީނު ކުރަން އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކީ ދިވެހި ސިފައިންނެވެ.

ކޮވިޑް-19 ޗައިނާގައި ފެތުރެމުންދާއިރު އެ ޤައުމުންވެސް ވަނީ އެތައް ސަތޭކަ ސިއްހީ އެހީތެރިންނެއް ވައިރަހުގެ ސަބަބުން މަރުވެފަ އެވެ. އަދި އެތައް ހާސް ސިއްހީ އެހީތެރިންނެއް ވަނީ ވައިރަހުގެ ޝިކާރައަކަށްވެފަ އެވެ. އޭގެތެރޭގައި ހޮސޕިޓަލްތަކުގެ އިސްވެރިންގެ އިތުރުން ކޮރޮނާވައިރަސް އެންމެ ފުރަތަމަ ޗައިނާ ސަރުކާރުގެ ސަމާލުކަމަށް ގެނައި ޑޮކްޓަރުވެސް ހިމެނެއެވެ.

ޗައިނާގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި ސިއްހީއެހީތެރިން ވަނީ އަމިއްލަ އެތައްކަމެއް ޤުރުބާންކޮށްފަ އެވެ. މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރަންޖެހި ބޯ ދޮންނަން އުނދަގޫވުމުން ގިނަ ބަޔަކު ވަނީ އެމީހުންގެ ބޯ ބާލާފައެވެ. އަދި ބައެއް ސިއްހީ އެހީތެރިން ތިބެނީ އެމީހުންގެ ހެޒްމަޓް ސޫޓްގެ ދަށުން ނެޕީޖަހައިގެން ކަމަށްވެސް ގައުމުތަކުގެ ނޫސް އިދާރާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މިއީ އަދި ތުންތުންމަތިން ދެކެވިފައި ހުރި ވާހަކަތަކާއި މަންޒަރުތަކެވެ. އެމީހުންގެ ދިރިއުޅުން އެއް ދުވަސްވަންދެން ހޭދަކޮށްލަން ޖެހިއްޖެނަމަ ކޮންމެ މީހަކަށްވެސް ސިއްހީ އެހީތެރިން ވަމުން އެގެންދާ ޤުރުބާނީގެ އަގުވަޒަންކުރެވޭނެ އެވެ.

އެހެންކަމުން އނގިލި ދިއްކޮށްފައި ޤައުމު އަހަންނަށް ކޮށްދިނީ ކޮންކަމެއްތޯ އެހުމުގެ ކުރިން އަހަންނަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ސުވާލުކުރާށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ