އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 08/03/2020

މޫނުގައި އަތްނުލާ ހުންނަން އެހާ އުނދަގުލީ ކީއްވެ؟

މޫނުގައި އަތްނުލާ ހުރުން އެއީފަސޭހަ ކަމަކަށް ނުވިނަމަވެސް އެއީ ވާނެކަމެކެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 08/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސްގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ ބިރުވެރިކަން ފެތުރިފައެވެ. މީހުންދަނީ މި ވައިރަސްއިން ސަލާމަތްވެވޭނެ ގޮތްތައް ހޯދަމުންނެވެ. 

އެގޮތުން މި ވައިރަސް ފެތުރެންފެށިއިރު މީހުން ހީކުރަމުންއައީ މާސްކް އަޅައިގެން ވައިރަސްއިން ސަލާމަތްވެވޭނެ ކަމަށެވެ. އެހެންނަމަވެސް ދާދި ފަހުގެ ހޯދުންތަކުންގެ އިތުރުން، ހެލްތު އޮފިޝަލުން ބުނެފައިވަނީ ސިއްހަތު ރަނގަޅު މީހެއް މާސްކް އަޅުމުން މި ވައިރަސް އިން ސަލާމަތް ނުވާނެ ކަމަށެވެ. 

މި ހޯދުންތަކާއި އެކުގައި ކޮރޯނާވައިރަސްއިން ސަލާމަތްވުމަށް ކަންތައްކުރާނެ ގޮތްވެސް ކިޔާދީފައިވެއެވެ. އެގޮތުން އެންމެ ރަނގަޅުވާނީ މޫނާއި، ލޯ އަދި ނޭފަތުގައި އަތްނުލުންކަމަށް މި ހޯދުންތަކުން ދައްކާފައިވެއެވެ. 

އެހެންނަމަވެސް މީހާގެ ސިއްހަތައް ނުރައްކަލަކަށް ވެދާނެ ކަމުގެ ބިރު އޮތްކަމުގައި ވީނަމަވެސް، އެންމެ ތުއްތު އިރުން ފެށިގެން އާދަ އަކަށް ވެފައިވާ ކަންކަން ކުރުން ހުއްޓުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ.

މޫނުގައި އަތްނުލާ ހުރުން އެއީފަސޭހަ ކަމަކަށް ނުވިނަމަވެސް އެއީ ވާނެކަމެކެވެ. ނަމަވެސް އަބަދު މޫނުގައި އަތް ނުލާ ހުންނަން ވިސްނާނަމަ ގިނައިން އަތްލެވިދާނެއެވެ. އަތްނުލާ ހުރުމަށް ވިސްނުމުގު ބަދަލުގައި މިއަދު މާގިނައިން މޫނުގައި އަތް ނުލުމަށް ވިސްނާށެވެ. ނުވަތަ ފޯނުގައި އެލާމް އެއް ކޮށްލާފައި ބޭންދުމުން މޫނުގައި މާ ގިނައިން އަތް ނުލުމަށް ހަނދާން ވާނެއެވެ. މީގެއިތުރުން އަތުގައި އަބަދު އެއްޗެއް ގެންގުޅޭނަމަ މޫނުގައި އަތްލެވޭ ވަރު މަދުވާނެއެވެ.

މިކަމުގެ އިތުރުން ސައިބޯނި ލައިގެން އެންމެ މަދުވެގެން 20 ސިކުންތު ވަންދެން އަތް ދޮވުމަށާއި، ބަލި ވެއްޖެނަމަ ގޭގައި ހުރުން އަދި ބަލި މީހުންނާ މާ ގާތް ނުވުމަށް ހާއްސަ ސަމާލު ކަމެއްދޭށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ