އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 07/03/2020

ޗައިނާގައި ބައެއް ޖަނަވާރު ކެއުން މަނާ ކޮށްފި. ހުއްޓުވަން ފަސޭހަ ވާނެތަ؟

ސައިންސް ވެރިން ގަބޫލު ކުރާ ގޮތުގައި މި ވައިރަސް ޖަނަވާރަކުން އިންސާނުންގަޔަށް ގޮސްފައިވުމުގެ ވަރަށް ބޮޑު ފުރުސަތެއް ވެއެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 07/03/2020

China Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވޫހާންގެ ޖަނަވާރު ވިއްކާ މާރުކޭޓަކުން ފެށިފައިވާކަމަށް ގަބޫލުކުރެވޭ ކޮރޯނާވައިރަސް ފެތުރެން ފެށުމުގެ ސަބަބުން ޗައިނާގައި ބައެއް ޖަނަވާރު ކެއުން މަނާކޮއްފިއެވެ. 

މި ވައިރަސް ފެތުރެން ފަށައިވަނީ ކޮން ޖަނަވާރަކުންކަން ޔަގީން ނުވިނަމަވެސް، ވާ، ހަރުފަ އަދި ޕެންގޮލިންވެސް ކެއުންވަނީ މަނާ ކޮށްފައެވެ. އަދި އިތުރަށް މި ވައިރަސް ގޯސްވިޔަ ނުދިނުމުގެ ގޮތުން މިފަދަ ޖަނަވާރުތައް ވިއްކަމުންދާ އިންޑަސްޓްރީ ކޮންޓްރޯލް ކުރަންޖެހިފައިވާ ކަމަށް ޗައިނާއިން ގަބޫލު ކުރެއެވެ. 

ނަމަވެސް މިކަން ހުއްޓުވަން ފަސޭހަ ނުވެދާނެއެވެ. އެއީ މީގެ ކުރިން 2003 ގައިވެސް މިފަދަ ޖަނަވާރުތައް ކެއުން މަނާ ކުރަން މަސައްކަތްކޮށްފާވާއިރު އަދިވެސް ޗައިނާގެ ބައެއް ހިސާބުތަކުގައި ކަމުންދާތީއެވެ. 

ޗައިނާގައި މިކަން ހުއްޓުވަން އުނދަގޫވެފައިވަނީ އެކި ކަންކަމަށް މި ފަދަ ޖަނަވާރުތައް ބޭނުންކުރަމުން ދާތީއެވެ. ބޭސް ފަރުވާ ކުރުމަށާއި، އަންނައުނު އަދި ގަހަނާ ފަދަ ތަކެތި ހެދުމުގެ އިތުރުން ގޭގައި މިފަދަ ޖަނަވާރުތައް ގެންގުޅެމުންދާތީއެވެ. 

މި ވައިރަސް ފެތުރެން ފެށިއިރު ވޫހާންގެ މަސް މާރުކޭޓުގައި ވިއްކަމުން ދިޔައީ ހަމައެކަނި މަހެއް ނޫނެވެ. މި މާރުކޭޓުގައި ހަރުފަ، ރެކޫން، ކުއްތާ ފަދަ ޖަނަވާރުތައް ކޮށިކޮށްޓަށް ލާފައި ހުރި ވީޑިއޯ ފެނިފައިވެއެވެ. އަދި މި ވީޑިއޯ ތަކުގައި ކަސްޓަމަރުންގެ ކުރިމަތީގައި އެ ޖަނަވާރުތައް މަރާތަންވެސް ފެންނަން ހުއްޓެވެ. 

ހޮންކޮންގް ގެ ވައިރޮލޮޖިސްޓްއެއް ކަމަށްވާ ލިއޯ ޕޫން ބުނެފައިވަނީ މީން ކޮންމެ ޖަނަވާރެއްގެ ގައިގާ އޭގެ އަމިއްލަ ވައިރަސްއެއް ވާނެ ކަމަށާއި، މި ވައިރަސް އެއް ޖަނަވާރުން އަނެއް ޖަނަވާރު ގަޔަށް ދިއުމުގެ ތެރޭގައި އެ މާރުކޭޓަކީ ގިނަ ބަޔަކު ދާތަނަކަށް ވުމުން ވައިރަސް އިންސާނުންގެ ގަޔަށް އެރީކަމަށެވެ. 

ސައިންސް ވެރިން ގަބޫލު ކުރާ ގޮތުގައި މި ވައިރަސް ޖަނަވާރަކުން އިންސާނުންގަޔަށް ގޮސްފައިވުމުގެ ވަރަށް ބޮޑު ފުރުސަތެއް ވެއެވެ. މި ވައިރަސް 95،000 މީހުންނަށް ޖެހިފައިވާއިރު، 3،300 މީހުންވަނީ މި ވައިރަސްގެ ސަބަބުން މަރުވެފައެވެ. 

މިކަމާ ގުޅޭގޮތުން ސިއްހީ މާހިރުން ބުނެފައިވަނީ މިކަން ހުއްޓުވުމަކީ ފުރަތަމަ ފިޔަވަޅަކަށް އަޅަން ރަނގަޅު ފިޔަވަޅެއް ކަމަށާއި، މިފަދަ ޖަނަވާރު ކެއުމުގެ އިތުރުން ބޭސް ފަރުވާ ފަދަ ކަންކަމަށް ބޭނުންކުރުން ހުއްޓުވުމަށް ލިބޭ ފުރުސަތެއްކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ. ހަމައެއާއެކު ޖަނަވާރުން އެކި ގޮތްގޮތުގައި އެކި ކަންކަމަށް ބޭނުންކުރުން ހުއްޓުވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ