އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 04/03/2020

ކޮރޯނާވައިރަސްއިން ސަލާމަތްވާނެ ގޮތާ މެދު ޑޮކްޓަރެއް ލިޔުނު ސިޓީ

މި ސިޓީ އަކީ ޖޭމްސް ރޮބް ނަމަކަށް ކިޔާ ޕެތޮލޮޖިސްޓްއެއް އޭނާގެ އާއިލާއަށާއި ރަހުމަތްތެރިންނަށް ލިޔުނު ސިޓީއެކެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 04/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދިޔަ ފެބްރުއަރީ މަހު ކޮރޯނާވައިރަސް ވަނީ މުޅިދުނިޔެއަށް ފެތުރެން ފަށާފައެވެ. މިކަމާއެކު ކޮރޯނާވައިރަސް އިން ސަލާމަތް ވާނެ ގޮތްތަކާއި ބެހޭގޮތުން ޖޭމްސް ރޮބް ނަމަކަށް ކިޔާ ޕެތޮލޮޖިސްޓްއެއް އޭނާގެ އާއިލާއަށާއި ރަހުމަތްތެރިންނަށް ވަނީ ސިޓީއެއް ލިޔެފައެވެ.

އެގޮތުން މި ސިޓީގައި ލިޔެފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ކަމަކަށް ޖޭމްސް ލިޔެފައިވަނީ ސަލާން ނުކުރުމަށެވެ. ސަލާން ކުރުމުގެ ބަދަލުގައި ބޯ ޖަހާލުން ނުވަތަ "ފިސްޓް ބަންޕް" އެއް ކޮށްލުމަށް ބުނެފައިވެއެވެ. މީގެ އިތުރުން ލައިޓް ސްވިޗް ތަކުގައާއި ލިފްޓްގައި ހުންނަ ފިތްތަކުގައި އަތުގެ ބަދަލުގައި މުށް ޖެއްސުމަށް ބުނެފައިވެއެވެ. އަދި ދޮރުގެ ތަޅު ފަދަ އާންމުކޮށް މީހުންއަތްލާ ތަންތަނުގައި އިތުރު ގޮތެއް ނެތިގެން ނޫނީ އަތް ނުލުމަށްވެސް ބުނެފައިވެއެވެ. 

ދޮރު ހުޅުވާ ލެއްޕުމަށް މުށް ބޭނުން ކުރުމަށާއި، ހާއްސަކޮށް ފާހަނަ ދޮރު އަދި ޕޯސްޓް  އޮފީސް ފަދަ މީހުން ގިނައިންދާ ތަންތަނުގެ ދޮރުގައި އަތްލާއިރު ސަމާލުވާން ބުނެފައިވެއެވެ. މީގެއިތުރުން ޑިސްއިންފެކްޓެންޓް ވައިޕްސް ބޭނުން ކުރުމަށާއި، މީހުންގިނަ ތަނެއްގައި އުޅެފައި އަންނަ ނަމަ 20-10 ސިކުންތު ވަންދެން އަތް ދޮންނަން ބުނެފައިވެއެވެ. އަދި އަބަދުވެސް ސެނިޓައިޒާ ފުޅިއެއް ގެންގުޅުމުށާއި، ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ބޭނުންކުރުމަށް ބުނެފައިވެއެވެ. 

މީގެއިތުރުން ޖޭމްސް ވަނީ ޒިންކް ލޮޒެންޖެސް ހޯދުމަށް ބުނެފައެވެ. ޖޭމްސް އެ ސިޓީގައި ބުނެފައިވަނީ މި ލޮޒެންޖެސްއަކީ ކޮރޯނާވައިރަސް ހުއްޓުވުމަށް ރަނގަޅު އެއްޗެއް ކަމަށެވެ. ރޯގާ ޖެހޭހެން ހީވާނަމަ ލޮޒެންޖެސް ބޭނުން ކުރަން ބުނެފައިވާ ވަރަށް ކޮންމެ ދުވަހަކު ބޭނުންކުރަންވެސް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ. 

ޖޭމްސް ބުނެފައިވަނީ މި ސިޓީ އަކީ ހަމަމައެކަނި އޭނާގެ އާއިލާއަށާއި ރަހުމަތްތެރިންނަށް ފޮނުވާފައިވާ އީމެއިލް އެއް ކަމަށާއި އެހެންމީހަކު އެ ސިޓީ ފޭސްބުކް އަށް ލާފައިވާ ކަމަށެވެ. އަދި މި ސިޓީއަކީ އެއްވެސް ވައްތަރެއްގެ ޕްރޮޑަކްޓްއަކަށް އިސްތިހާރު ކޮށްދިނުމަށް ލިޔެފައިވާ ސިޓީއެއް ނޫން ކަމަށެވެ.

މީގެއިތުރުން ޖޭމްސް ބުނެފައިވަނީ ވައިރޮލޮޖިސްޓް އަދި ޕެތޮލޮޖިސްޓްއެއްގެ ތަޖުރިބާ ހުރުމުން، ކޮރޯނާވައިރަސްގެ އިތުރުން އެހެން ވައިރަސްތައްވެސް އިތުރުވުމުގައާއި ހުއްޓުވުމުގައި ޒިންކް އަކީ ރަނގަޅު އެއްޗެއް ކަމަށެވެ. އެހެންނަމަވެސް ޒިންކް ލޮޒެންޖެސް ބޭނުންކުރުމުން ވައިރަސް ނުޖެހޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަންވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ