އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/03/2020

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހާއްސަ އެމްރޖެންސީ ޑްރިލްއެއް މިއަދު ބާއްވަނީ

މި ޑްރިލްގެ ތެރެއިން ގޭބިސީއެއްގައި ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި އަދި ކަރަންޓީނުކުރާނޭ ގޮތުގައި އިރުޝާދުވެސް ދޭނެ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/03/2020

HPA Coronavirus COVID-19 NDMA
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށްޓަކައި މިއަދު ހާއްސަ އެމަރޖެންސީ ޑްރިލްއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހެލްތް މިނިސްޓްރީ އާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޑްރިލްއަކީ ގޭބިސީއަކުން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވެއްޖެ ހާލަތެއްގައި ކަމާބެހޭ ފަރާތްތަކުން އަމަލުކުރާނޭ ގޮތުގެ މިސްރާބު ދައްކުވައިދިނުމަށް ބާއްވާ ހާއްސަ ޑްރިލްއެކެވެ. 

މި ޑްރިލްގެ ތެރެއިން ގޭބިސީއެއްގައި ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި އަދި ކަރަންޓީނުކުރާނޭ ގޮތުގައި އިރުޝާދުވެސް ދޭނެ އެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހާމަކޮށް ސަރުކާރުން ބުނިގޮތުގައި ރާއްޖެއަށްވެސް މި ވައިރަސް އައުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ