އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 02/03/2020

ނުވަ ދުވަސް ވަންދެން ހަށިގަނޑުގެ ބޭރުގައި ކޮރޯނާވައިރަސް ދިރިހުންނާނެ ކަމަށް ހޯދުންތަކުން ދައްކައިފި

ޑރ. ރޮބާރޓް ބުނެފައިވަނީ ކޮޕާ އަދި ސްޓީލްގައި ގިނަ އިރުވަންދެން ދިރިނުހުރެދާނެ ކަމަށާއި، ކާރޑްބޯރޑް ނުވަތަ ޕްލާސްޓިކް ފަދަ ތަކެތީގައި މި ވައިރަސް ގިނަ އިރު ވަންދެން ހުރެދާނެ ކަމަށެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 02/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނުވަ ދުވަސް ވަންދެން ކޮރޯނާވައިރަސް (ކޮވިޑް-19) ހަށިގަނޑުން ބޭރުގައި ދިރިހުންނާނެކަމަށް ހޯދުންތަކުން ދައްކައިފިއެވެ. 

އެގޮތުން ޖާރނަލް އޮފް ހޮސްޕިޓަލް އިންފެކްޝަން އިން ޝާއިއު ކޮށްފައިވާ ކޮރޯނާވައިރަސްއާއި ގުޅިގެން ކުރިއަށް ގެންދިޔަ 22 ހޯދުންތަކުގެ އިތުރުން ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޮމް (ސާސް) ވައިރަސް އަދި މިޑިލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޮމް (މެރސް) ވައިރަސް އިން ދައްކުވައިދެނީ ހިއުމަން ކޮރޯނަވައިރަސް ނުވަ ދުވަސް ވަންދެން ހަށިގަނޑުން ބޭރުގައި ދިރިހުންނާނެކަމާއި، ނުރައްކާތެރި ވާނެ ކަމަށެވެ.

މި ވައިރަސް ދިރިހުންނާނެ އެއްޗެހި އަދި ދިރިހުންނާނެ މުއްދަތުގެ ވާހަކަ ދައްކަމުން ސީޑީސީ ޑިރެކްޓަރ ޑރ. ރޮބާރޓް ބުނެފައިވަނީ ކޮޕާ އަދި ސްޓީލްގައި ގިނަ އިރުވަންދެން ދިރިނުހުރެދާނެ ކަމަށާއި، ކާރޑްބޯރޑް ނުވަތަ ޕްލާސްޓިކް ފަދަ ތަކެތީގައި މި ވައިރަސް ގިނަ އިރު ވަންދެން ހުރެދާނެ ކަމަށެވެ.

މި ވައިރަސްގެ އެކްސްޕާރޓުން ބުނެފައިވާ ގޮތުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ނަމަކަށްކިޔާ މި ވައިރަސްގެ އައު ވައްތަރަކީ އާންމުކޮށް ކެއްސާ ކިނބިހި އެޅުމުގެ ސަބަބުން ގައިންގަޔަށް އަރާ ވައިރަސްއެއް ކަމަށެވެ. އަދި މި ވައިރަސް ޖެހިފައިވާ މީހެއްގެ ނަޖިހުގެ ސަބަބުންވެސް މި ވައިރަސް ފެތުރިދާނެ ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު މި ވައިރަސް އާ ގުޅޭގޮތުން ޔޫއެސްގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވަނީ މި ވައިރަސް ހުންނަ ތަނެއްގައި އަތްލެވި އަދި މޫނާ ނޭފަތާ ލޮލުގައި އަތް ލެވިއްޖެނަމަވެސް މި ވައިރަސް ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

މީގެއިތުރުން އެތެރެ ކުރާ މުދަލުގެ ސަބަބުން މި ވައިރަސް ފެތުރިދާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި، ނަމަވެސް މި ވައިރަސް އަކީ ބަދަލުވަމުންދާ އެއްޗަކަށް ވުމުގެ ސަބަބުން މި އޭޖެންސީއިން އިތުރަށް ބަލާ މައުލޫމާތު ދޭނެކަމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން ބުނެފައިވެއެވެ.

އަދި އާންމުކޮށް ބޭނުން ކުރެވޭ ތަންތަނާއި ތަކެތީގައި މި ވައިރަސް ހުރެއްޖެނަމަ، އެ ފެތުރިގެންދާނެ ގޮތާއި މިންވަރު ހޯދަމުންދާ ކަމަށްވެސް ސީޑީސީއިން ބުނެފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ