އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/03/2020

އިންޑިޔާއިން އިތުރު ދެމީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

އިންޑިޔާ އިން މިހާތަނަށް 5 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަވަށްޓެރި އިންޑިޔާއިން ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ކަށަވަރުކޮށްދީފި އެވެ.

އެނގިފައވާގޮތުގައި މިފަހަރު ކޮވިޑް-19 ފެނިފައިވަނީ އިންޑިޔާގެ އެންމެ ހަލަބޮލި އެއް އަވަށްކަމަށްވާ ނިއުދިއްލީ އިންނާއި އަދި ހައިދަރުއާބާދުގައި އޮންނަ ތެލަންގަނާ ސްޓޭޓުންނެވެ. ނިއުދިއްލީއަކީ ގިނަ އަދަދަކަށް ދިވެހިންވެސް ދަތުރުކޮށްއުޅޭ ސިޓީއެކެވެ.

އިންޑިޔާއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ދެ މީހުންނަކީވެސް ދާދިފަހުން އިޓަލީއަށް ދަތުރުކޮށްފައިވާ ދެ މީހުންކަމަށް އިންޑިޔާގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ދެމިހުންގެ ހާލަތުވެސް ރަނަގަޅުކަމަށާއި ދެ މީހުންގެ ހާލަތު ވަރަށްގާތުން މޮނިޓަރ ކުރަމުން އަންނަކަމަށްވެސް ވަނީ ބުނެފަ އެވެ. 

މިއާއެކު އިންޑިޔާ އިން މިހާތަނަށް 5 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 3 މީހުން ވަނީ ބަލިން ސަލާމަތްވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ