އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/03/2020

ކޮވިޑް-19: އިއްޔެ އެކަނިވެސް ޗައިނާއިން 573 ކޭސް ރިޕޯޓުކޮށްފި

އިއްޔެ އެކަނިވެސް ޗައިނާއިން ކޮރޯނާވައިރަހުގެ 573 ކޭސް ރިޕޯޓުކޮށްފައިވާކަމަށް އެ ޤައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގެ ވޫހާން އަވަށުން ފެނުނު ނުރައްކާތެރި ކޮރޯނާވައިރަސް މިހާރުވަނީ މުޅި ޗައިނާއެއްކޮށް ހިސާރުކޮށްފަ އެވެ. ދުވަހެއް ދުވަހަކަށް ޗައިނާއިން މި ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މަރުވާ މީހުންގެ ރޭޓްވެސް ދަނީ ހުއްޓުމެއްނެތި މަތިވަމުންނެވެ.

އެގޮތުން އިއްޔެ އެކަނިވެސް ޗައިނާއިން ކޮރޯނާވައިރަހުގެ 573 ކޭސް ރިޕޯޓުކޮށްފައިވާކަމަށް އެ ޤައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ. އަދި އިއްޔެ ހުސްވި ހަފްތާގައި އެންމެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި ދުވަސްގެ ގޮތުގައި ސިއްހީ އިދާރާތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ޗައިނާގެ ވޫހާން އަވަށުގައި ހުންނަ ސީފުޑް މާރުކޭޓަކުން މި ނުރައްކާތެރި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި ވައިރަހުން ސަލާމަތްވުމުގެ އުއްމީދެއް ނުލިބި ވަނިކޮށް މިވަނީ އިތުރު ދެމަސް ފާއިތުވެ ގޮސްފަ އެވެ.

ޗައިނާއިން ގިނަ އަދަދެއްގެ ބަޔަކު މި ވައިރަހަށް ޕޮޒިޓިވްވަމުންދާއިރު، އޭގެތެރޭގައިވެސް ގިނައިން ހިމެނެނީ ވޫހާން އަވަށަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް ވޫހާން އަވަށުންވަނީ 565 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. މިއީ ގާތްގަނޑަކަށް އިއްޔެ ޗައިނާއިން ޕޮޒިޓިވްވި މީހުންގެ 99 އިންސައްތަ އެވެ.

މިދިޔަ ހުކުރު ދުވަހު ޗައިނާއިން މި ވައިރަހުގައި 47 މީހުން މަރުވިނަމަވެސް، އިއްޔެ މަރުވި މީހުންގެ އަދަދުވަނ 35 ދަށަށް ގޮސްފައެވެ. މިއީ މި ފެބްރުއަރީ މަހު ޗައިނާއިން އެންމެ މަދުން މީހުން މަރުވި ދުވަހެވެ. އެއާއެކު ޗައިނާއިން މިހާތަނަށް މަރުވި މީހުންގެ އަދަދު މިހާރުވަނީ 2،870 އަށް އަރާފައި ކަމަށް އެ ޤައުމުގެ ނެޝަނަލް ހެލްތް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

 ޗައިނާއިން އިއްޔެ މަރުވި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެންތިބި 34 މީހުން މަރުވެފައިވަނީ އެ ޤައުމުގެ ވޫހާން ސިޓީގައި އޮންނަ ހުބޭއީ ޕްރޮވިންސްއިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ