އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/03/2020

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް އަށް ޓެސްޓުކޮށްފި

ހެލްތު މިނިސްޓްރީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ނިއުމޯނިއާ އާއި އަރިދަފުސް ރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށެވެ. 
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/03/2020

HPA Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި ފެތެރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި މީހަކު ޓެސްޓްކޮށްފި އެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާ، ކޮވިޑް19 އަށް ނެގަޓިވް އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާގައި 85،000 އަށް ވުރެ ގިނަ މީހުންގެ ގައިން ވައިރަސް ފެނި އަދި 2،900 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފަ އެވެ. ރާއްޖެ އިން މިހާތަނަށް އެ ވައިރަސް ފެނިފައި ނުވިޔަސް، އެ ވައިރަހަށް ޓެސްޓް ކުރެވޭނެ އިންތިޒާމް މިހާރު އޮތީ ހަމަޖައްސައިފަ އެވެ.

ހެލްތު މިނިސްޓްރީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ނިއުމޯނިއާ އާއި އަރިދަފުސް ރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށެވެ. 

މިނިސްޓްރީއިން ބުނީ އައިޖީއެމްއެޗްގައި ނިއުމޯނިއާއަށް ފަރުވާދެމުންދާ މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރެވިފައިވާ ކަމަށާއި އެމީހާގެ ނަތީޖާ ކޮވިޑް19 ވައިރަހަށް ނެގަޓިވް ކަމަށެވެ.

އަދި މިއީ ރާއްޖޭގައި އެފަދަ ޓެސްޓެއް ކުރި ފުރަތަމަ ފަހަރު ކަމަށާއި ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ފެތުރޭ ގައުމަކަށް ދަތުރު ނުކުރިޔަސް، ނިއުމޯނިއާ ނުވަތަ އަރިދަފުސް ރޯގާ ޖެހިގެން ސީރިއަސް ހާލަތަކަށް ދާ މީހުން ޓެސްޓް ކުރަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ކޮވިޑް-19ގެ ހާލަތު ދަނީ ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން ކަމަށާއި ރާއްޖެއަށް ބަލި އަތުވެދާނެތީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި، ބަލި ރާއްޖެއިން ފެނިއްޖެނަމަ ސިއްރު ނުކޮށް ހާމަ ކުރާނެ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ