އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 01/03/2020

9 ދުވަސް ތެރޭ 33 ގައުމަކުން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ރިޕޯޓުކޮށްފި

މިދިޔަ ހަފްތާ ތެރޭގައި ޔޫރަޕް އަދި މެދު އިރުތީގެ ގައުމުތަކުން މިވައިރަސް ދިޔައީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 01/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި 9 ދުވަސް ތެރޭ 33 ގައުމަކުން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ކޭސް އެއް ރިޕޯޓުކޮށްފިއެވެ. 

މިދިޔަ ހަފްތާ ތެރޭގައި ޔޫރަޕް އަދި މެދު އިރުތީގެ ގައުމުތަކުން މިވައިރަސް ދިޔައީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. މި ހިސާބުތަކުން އެންމެ ގިނައިން ކޮރޯނާވައިރަސް ރިޕޯޓުކުރެވިފައިވަނީ އީރާން އަދި އިޓަލީ އިންނެވެ.

އީރާނުން ފުރަތަމަ ފަހަރަށް މިވައިރަސް ރިޕޯޓުކޮށްފައިވަނީ ފެބްރުއަރީ 19 ވަނަ ދުވަހުއެވެ. މިޔަދާއި ހަމައަށް އެ ގައުމުން 593 ކޭސް ރިޕޯޓުކުރެވި 43 މީހުން ވަނީ މަރުވެފައެވެ.

އިޓަލީއިން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ރިޕޯޓުކޮށްފައިވަނީ ފެބްރުއަރީ 22 ވަނަ ދުވަހެވެ. އަދި މިޔަދާއި ހަމައަށް 1،182 ކޭސް ރިޕޯޓުކުރެވިފައިވާ އިރު 29 މީހުން ވަނީ އެގައުމުން މަރުވެފައެވެ.

ފާއިތުވި 9 ދުވަސް ތެރޭ ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ރިޕޯޓުކުރި 33 ގައުމަކީ:

  1. ލެބަނޮން
  2. އޮމާން
  3. އިސްރާއީލް
  4. އަފްގާނިސްތާން
  5. ގްރީސް
  6. ޑެންމާކް
  7. އޮސްޓްރިއާ
  8. އެސްޓޯނިއާ
  9. ރޮމޭނިއާ
  10. ނޯތު މަކެޑޯނިއާ
  11. ޖޯޖިއާ
  12. ޕާކިސްތާން
  13. ނޯވޭ
  14. ސްޕެއިން
  15. ބްރެޒިލް
  16. އަލްޖީރިއާ
  17. ސްވިޓްޒަލޭންޑް
  18. ކްރޮއޭޝިޔާ
  19. ބަހްރެއިން
  20. ކުވެއިތު
  21. އެކުއަޑޯ
  22. ލަކްސެމްބަރގް
  23. އައިސްލޭންޑް
  24. މޮނަކޯ
  25. މެކްސިކޯ
  26. ނައިޖީރިއާ
  27. ނިއު ޒިލޭންޑް
  28. ނެތަލޭންޑްސް
  29. ނޮތަރން އަޔަލެންޑް
  30. ބެލަރުސް
  31. ލިތުއޭނިއާ
  32. ގަތަރު
  33. އަޔަލެންޑް

އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 64 ގައުމަކުން ކޮރޯނާވައިރަސްގެ 86،992 ކޭސް އަދި 2،979 މަރު ވަނީ ރިޕޯޓުކޮށްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ