އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/02/2020

އީރާނާއި ދެކުނުކޮރެއާއިން އަންނަ ދިވެހިން ކަރަންޓީނުކުރަން އެޗްޕީއޭއިން ނިންމައިފި

ރާއްޖޭގެ ސަރުކާރުން މިދިޔަ ބުދަދުވަހު ވަނީ ރާއްޖެއަށް ކްރޫޒްލައިނާރސް އައުންވެސް މެދުކަނޑާލާފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/02/2020

HPA Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި ދުވަސްވަރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދަ ނުރައްކާތެރި ކޮރޯނާވައިރަހާއި ގުޅިގެން ޗައިނާގެ އިތުރުން މި ވައިރަސް ފެތުރެމުންދާ އީރާން އަދި ދެކުނުކޮރެއާއިން ވެސް އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުކުރަން އެޗްޕީއޭއިން ނިންމައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިތުރަށް އަޅަން ނިންމައި ނެރުނު ބަޔާނުގައި ވާގޮތުން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އީރާން އަދި ދެކުނު ކޮރެއާގެ (ބުސަން، ޖައިޔޮންގްބުކް، ދައެގޫ، ސިއުލް، ޖައިޔޮންގްގީ އަދި ޖައިޔޮންގްނަމް) އިން ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫއިން އަދި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި މި އީރާން އަށާއި ދެކުނުކޮރެއާގެ ފާހަގަކޮށްފައިވާ ޕްރޮވިންސްތަކަށް ޓްރާންސިޓްކޮށް ނުވަތަ ޒިޔާރަތްކޮށްފައިވާ މީހުން ރާއްޖެއައުން ވަނީ މެދުކަނޑާލާފަ އެވެ. 

ނަމަވެސް އެ ޤައުމުތަކުން ރާއްޖެ އަންނަ ދިވެހިންނަށް ރާއްޖެ އެތެރެވެވޭނެ ކަމަށާއި އެހެންނަމަވެސް 14 ދުވަހު ކަރަންޓީނުވަން ޖެހޭނެކަމަށް މި ބަޔާނުގައި  ބުނެފައި ވެއެވެ. 

ރާއްޖޭގެ ސަރުކާރުން މިދިޔަ ބުދަދުވަހު ވަނީ ރާއްޖެއަށް ކްރޫޒްލައިނާރސް އައުންވެސް މެދުކަނޑާލާފައެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް-19 އަލަށް ފެނުނު ޤައުމުތަކަށް ކޮންމެހެން ދާންޖެހިގެން ނޫނީ ދަތުރުނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އޭގެތެރޭގައި ހާއްސަކޮށް ބަލިމީހުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ.

މީގެއިތުރުން އެޗްޕީއޭއިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްއުޅުމުގައި ދިވެހިން ސަމާލުކަން ދޭންވީ ކަންކަމުގެ އިރުޝާދުވެސް އާންމު ކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ:

  • ދަތުރުކުރާ ޤައުމެއްގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދުތައް ދެނެގަތުން
  • އެ ޤައުމެއްގެ ސަރުކާރުން، ރައްކަތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ، އެކަންކަމަށް އަމަލުކުރުން
  • ރޯގާޖެހި ހުން އައިސްފައި ތިބޭ މީހުންނާއި ކައިރިން ނޫޅުން
  • ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން / ސައިބޯނި ނެތްނަމަ ހޭންޑް ސެނިޓައިޒާރ ބޭނުންކުރުން
  • ދަތުރުކުރުމަށްފަހު އެނބުރި އައިސް ރޯގާޖެހި، ކެންސާ ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުކުރުން އަދި އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ