އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 12/02/2020

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ނަމެއް ފާސްކޮށްފި

މިވައިރަސްގެ ސަބަބުން މިހާތަނަށް 1،000 އަށް ވުރެ ގިނަމީހުން މަރުވެފައިވާ އިރު 40،000 މީހުންވަނީ މިވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 12/02/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގެ ވޫހާން އަވަށުގެ މާރުކޭޓެއްގައި އުފަންވި ކޮރޯނާވައިރަސްއަށް ނަމެއް ފާސްކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއްޔެ އިއުލާންކޮށްފިއެވެ. މިވައިރަސްގެ ސަބަބުން މިހާތަނަށް 1،000 އަށް ވުރެ ގިނަމީހުން މަރުވެފައިވާ އިރު 40،000 މީހުންވަނީ މިވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.

ޑަބްލިއުއެޗްއޯ އިން މިވައިރަސްއަށް ދީފައިވާ ނަމަކީ ކޮވިޑް-19 (COVID-19) އެވެ.

އެ ޖަމިއްޔާއިން ބުނީ މިނަން ދިން އިރު ވަކި ހިސާބަކަށް، ޖަނަވާރަކަށް ނުވަތަ ވަކި ބަޔަކަށް ނިސްބަތްވާ ގޮތަށް ނަން ދޭން ބޭނުން ނުވިކަމަށެވެ.

"ކޮވި" އައިސްފައިވަނީ ކޮރޯނާވައިރަސް މިބަހުންނެވެ. "ޑް" އައިސްފައިވަނީ ބައްޔަށް އިނގެރޭސި ބަހުން ދެވިފައިވާނަން "ޑިޒީޒް" އިންނެވެ. އަދި 19 މި ނަންބަރު ދެވިފައިވަނީ 2019 އަހަރު އަލަށް ފެނިފައިވާ ވައިރަސް އަކަށް ވުމުންނެވެ.

މިވައިރަސްއަށް ދީފައިވާ ނަމަކީ ކޮވިޑް-19 (COVID-19)

ޑަބްލިއުއެޗްއޯ އަށް މިވައިރަސް ފެތުރެން ފަށައިފައިވާކަން ރިޕޯޓުކޮށްފައިވަނީ 31 ޑިސެމްބަރ 2019 ގައެވެ. މީގެ ކުރިން ނޮވެލް ކޮރޯނާވައިރަސް އަށް އާއްމުކޮށް ބޭނުން ކުރެވުނު ނަމަކީ 2019-އެންކޮވް (2019-nCoV) އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 400 އަށް ވުރެ ގިނަ ސައިންޓިސްޓުންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. މިބައްދަލުވުމުގެ ބޭނުމަކީ މިވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ހޯދުމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ