އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/12/2019

އެފްޑީއޭއިން ފުރަތަމަ އެބޯލާ ވެކްސިން ރަސްމީކޮށް ބަލައިގެންފި

މިވެކްސިންގެ ކާމިޔާބީ ރޭޓަކީ 100% އެވެ. އެއީ އެބޯލާ ވައިރަސް ހަށިގަނޑު ތެރެއަށް ވަނުމުގެ މަދުވެގެން 10 ދުވަސް ކުރިން ވެކެސިން ދެވިފައިވާ ނަމައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/12/2019

Vaccination Ebola
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން އެބޯލާ ވައިރަސްއަށް ހާއްސަކޮށް އުފެއްދި ފުރަތަމަ ވެކްސިން ބަލައިގެންފި އެވެ. އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށް އުފެއްދި މި ވެކްސިން އެފްޑީއޭއިން ރަސްމީކޮށް ބަލައިގެންފައިވަނީ ފާއިތުވި ބުރާސްފަތި ދުވަހުގަ އެވެ.

އެރްވެބޯ ނަމަކަށް ކިޔާ މި ވެކްސިން އުފައްދާފައިވަނީ ދެ އަހަރު ދުވަހުގެ ތަޙްލީލަށްފަހު މިފަހަކަށް އައިސް ދުނިޔޭގައި ފެތުރުނު އެންމެ ބޮޑު ބަލިމަޑުކަމުގެ ދުވަސްވަރުގެ ތެރެއިންނެވެ. އެ ދުވަސްވަރު އެކަނިވެސް އެފްރިކާ ބައްރަށް ނިސްބަތްވާ ގިނީ، ސިއެރާ ލިއޯން އަދި ލައިބީރިއާއިން ވަނީ އެބޯލާ ބަލީގައި 11،000 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.

މިވެކްސިންގެ ކާމިޔާބީ ރޭޓަކީ 100% އެވެ. އެއީ އެބޯލާ ވައިރަސް ހަށިގަނޑު ތެރެއަށް ވަނުމުގެ މަދުވެގެން 10 ދުވަސް ކުރިން ވެކެސިން ދެވިފައިވާ ނަމައެވެ.

އެރްވެބޯ ވެކްސިނަކީ 2018 ޑިމޮކްރެޓިކް ރިޕަބްލިކް ކޮންގޯގައި އެބޯލާ ވައިރަސް ފެތުރެމުންދަނިކޮށް ވޯލްޑް ހެލްތް އޮގަނައިޒޭޝަނުން ބޭނުންކޮށްފައިވާ ސިންގަލް ޑޯޒް ވެކްސިނެކެވެ.

އެބޯލާގެ ވައިރަސް ފެތުރެން މެދުވެރިވަނީ އެ ވައިރަސް ޖެހިފައިވާ އިންސާނެއްގެ، ނުވަތަ ޖަނަވާރެއްގެ ލޭ ނުވަތަ އެހެންވެސް ހަށިގަނޑުގައި ހިމެނޭ ފްލުއިޑެއްގެ ޒަރިއްޔާއިންނެވެ. މީގެއިތުރުން މި ބަލިޖެހިފަ ތިބޭ މީހުން ބޭނުންކުރާ ތަކެތި ބޭނުން ކުރުމަކީވެސް ބަލި ޖެހުމަށް މެދުވެރިވާ ކަމެކެވެ.

އެބޯލާ ވައިރަސްގެ އަލާމާތްތައް ބަލި ޖެހޭތާ ދެ ދުވަހާއި 21 ދުވަހާއި ދެމެދު ހަށިގަނޑުން ފެންނަން ފަށާނެއެވެ. އެބޯލާ ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި، ވަރުބަލިވުމާއި، ގައިގެ މަސްތަކުގައި ރިއްސުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން ކަރުތެރޭގައި ރިއްސުމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ